-Advertisement-

-Advertisement-

ރެސިޕީ: ޕާން ޕުޑިން

ރަމަޝާން މަހު ގިނަ ބޭފުޅުން ބޭނުންވާނީ ވީހާވެސް އަވަހަށް ތައްޔާރުކޮށްލެވޭ އެއްޗެކެވެ. ދުވަހުގެ ބޮޑުބައި ހޭދަވަނީ އެދުވަހު ރޯދަ ވީއްލުމަށް ތައްޔާރު ކުރާނެ އެއްޗެއް ނޭގިގެނެ. މިއޮތީ އެކަމުގެ ހައްލެވެ. މިއީ މަދު ސާމާނު ބޭނުން ކޮށްގެން އަވަހަށް ތައްޔާރު ކޮށްލެވިދާނެ ފޮނި އެއްޗެކެވެ.

ބޭނުންވާ ތަކެތި
4 ފޮތި ޕާން
2 ތަށި ކިރު
3 ބިސް
1/2 ތަށި ހަކުރު
4 މޭޒުމަތީ ސަމުސާ ބަޓަރު
2 މޭޒުމަތީ ސަމުސާ ވެނީލާ އެކްސްޓްރެކްޓް
1 ސައިސަމުސާ ގްރައުންޑް ސިނަމޮން
1/3 ދަޅު ގެރިކިރު

ތައްޔާރު ކުރާނެ ގޮތް
ޕާން ފޮތީގެ ދެފަރާތުގައި ބަޓަރު ޖަހައި ދެފަރާތް ކުޑަކޮށް ޓޯސްޓް ކޮށްލާށެވެ. ބިސް، ކިރު، ހަކުރު، ވެނީލާ އެކްސްޓްރެކްޓް،
ގެރިކިރު އަދި ސިނަމަން އެއްކޮށްލާށެވެ.
ޓޯސްޓް ކޮށްފައިވާ ޕާން ފުނޑުކޮށްފައި ޓްރޭގައި އަތުރާލާށެވެ.
ޕާން މައްޗަށް  ބިސް މިކްސްޗަރ އަޅާށެވެ.
40 މިނެޓް ވަންދެން ފިހެލާށެވެ. ހޫނު ނުވަތަ ފިނިކޮށްވެސް ސާރވް ކުރެވިދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-