-Advertisement-

-Advertisement-

އާ ލިފްޓުތަކާ އެކު ހިޔާ ފުލެޓުން ބަލިމީހުން ބާލަން ފަސޭހަވާނެ: ރައީސް

ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓް ތައް

ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރާ ލިފްޓްތަކުން ބަލި މީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ ‘ރައީސްގެ ޖަވާބު’ ސިލްސިލާގައި މިއަދު ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ސުވާލުކުރުމުންނެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު ހަރުކުރަމުންދާ ލިފްޓްތައް ހަރުކުރާއިރު ބަލިމީހުން އުފުލުމަށް ސްޓްރެޗާ އެރުވޭނެ ލިފްޓުތައްވެސް އޭގައި ހިމެނޭނެ ކަމަށެވެ.

ހިޔާ ފްލެޓް ތަކުގައި އެތައް ބަޔަކު ދިރިއުޅެމުންދާއިރު ބައެއް ވަގުތުތަކުގައި ލިފްޓަށް ބޮޑު ކިއޫއެއް އޮވެއެވެ. އެ މައްސަލައަށް ހައްލެއް ހޯދައިދޭން އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހުޅުމާލޭ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް އާ ވަނީ ހަވާލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓްތަކުގައި މުޅި ޖުމްލަކޮށް 32 އާ ލިފްޓް ބެހެއްޓިގެންދާނެއެވެ. އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެކެވެ. ޕެސެންޖަރ ލިފްޓުގައި 14 މީހުންގެ ކެޕޭސިޓީ ހުންނާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-