-Advertisement-

-Advertisement-

މި އަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ދިމާވެދާނެ ކަމުގެ އިންޒާރެއް

ފަރެއް ކައިރީގައި މީހަކު ފީނަނީ

ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް މި އަހަރު ވެސް ހިނގައިފާނެ ކަމުގެ އިންޒާރު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިއަދު ދީފިއެވެ.

މިކަން ހިނގަން މެދުވެރިވަނީ ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެންނެވެ. މިއީ ރާއްޖެއަށް އެންމެ ހޫނު ދުވަސްވަރަށް ވާއިރު، އިހުސާސް ކުރެވޭ ހޫނު މިން މާލެ ސަރަހައްދުގައި އިއްޔެވެސް ހުރީ 41 ޑިގްރީއަށް ވުރެ މަތީގައެވެ.

ގާ ހުދުވުމުގެ ހާދިސާއެއް ދިމާވާނެ ކަމަށް ލަފާކޮށް ނެރޭ ފޯކާސްޓްގައި ރާއްޖެ މިހާރު އޮތީ “ވޮޗް ލެވަލް”ގަ އެވެ. ކުރިއަށް އޮތް 12 ވަރަކަށް ހަފުތާގެ ތެރޭގައި، ވަރަށް ނުރައްކާތެރި ދަރަޖައަކަށް އަރާނެ ކަމަށް އެމްއެމްއާރްއައި އިން ވަނީ ލަފާކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އެމްއެމްއާރްއައި އިން ކުރިން ބުނެފައިވަނީ ހާއްސަކޮށް ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގަމުންދިއުމަކީ ގާ ހުދުވުމުގެ ހާދިސާއަކަށް ފަހު ފަރުތައް އަލުން އިއާދަވާން ހުރަސްއަޅައިފާނެ ކަމެއް ކަމަށެވެ.

އެހެންވެ، އެފަދަ މަޝްރޫއުތައް ހިންގުމުގައި މިކަމަށް ސަމާލުވާންޖެހެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-