ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގައި ދޮރުން ދޮރަށް ހިންގަވަންފައްޓަވައިފިއެވެ.
ރައީސް ފުރަތަމަ ދޮރުން ދޮރަށް ހިންގެވީ، ހެންވޭރު ހުޅަނގު
ދާއިރާގައެވެ.
އެގޮތުން މިއަދު މެންދުރު ފަހު 14:00 އިން ފެށިގެން އަސުރަށް ގޮވުމާ ހަމައަށް އެ މަނިކުފާނު ވަނީ އެ ދާއިރާގެ ހަ ގެއަކަށް ވަޑައިގެންފައިއެވެ.
އެމަނީކުފާނު ވަނީ އެގޭތަކުގެ މީހުންނާ ބައްދަލުކުރައްވައި އެ ދާއިރާގެ ސަރުކާރު ކެންޑިޑޭޓް އަލީ އިބްރާހިމް (ކައްޕި) އަށް ތާއީދު ހޯދައިދެއްވުމަށް މަސައްކަތްކުރައްވައިފައެވެ.
ރައީސާއި އެކު ކައްޕި ވެސް ވަނީ ހުރިހާ ގެޔަކަށް އެމަނިކުފާނު އެކު ވަޑައިގަންނަވާފައިއެވެ.
ރައީސް މިއަދުގެ ދޮރުން ދޮރުން ހިންގެވުމުގެ ހަރަކާތް ނިންމަވާލެއްވީ، ރޯޝަނީ މަގުގައި ހުންނަ ކައްޕިގެ ކެމްޕެއިން ޖަހަގައިންނެވެ.
ރައީސް ދޮރުން ދޮރަށް ހިންގެވި އިރު، އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރީންނާއި ރައީސްއޮފީހުގެ ބައެއް މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.