ޗީޒް ކޭކާކީ ޑެޒާޓެއްގެ ގޮތުގައި ކާލުމަށް މިހާރު ގިނަ ގޭގޭގައި ތައްޔާރު ކުރާ އެއްޗެކެވެ. ކުރިން އެހާ އާންމު ނުވި ނަމަވެސް މިހާރު ޗީޒް ކޭކޭ ބުނެފި ނަމަ ކަމުދާ މީހުން ނުވަތަ ޗީޒް ކޭކު ހަދަން ހިންގޭ މީހުން ވަރަށް ގިނަވާނެއެވެ.
އެހެންވީމާ މިއަދު ކިޔައިދޭން މިއުޅެނީ ޗީޒް ކޭކު ތައްޔާރު ކުރާނެ ފަސޭހަ އަދި އެހާމެ މީރު ގޮތެކެވެ.
ބޭނުންވާ ތަކެތި
- 250 ގްރާމް ބިސްކޯދު ( މާރީ ބިސްކޯދު ނޫނީ އެ ބޭފުޅަކަށް ފެންނަ ބިސްކޯދެއް ބޭނުން ކުރެވިދާނެ)
- 125 ގ. ބަޓަރު. ދިޔާކޮށްފައި
- 2 ޕެކެޓް 250 ގ. ކްރީމް ޗީޒް
- 3/4 ތަށި ޕްލެއިން ޔޯގަޓް
- 1 ސައިސަމްސާ ވެނީލާ އެސެންސް
- 3 ބިސް
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ އަވަން 140-160 ޑިގްރީގައި ޕްރި ހީޓް ކުރަން ޖައްސާލާވެ. އަދި ޓްރޭގައި ބަޓާރ ހާކައި ތައްޔާރުކޮށްލާވެ.
ބިސްކޯދު މިކްސަށް އަޅައި ރަނގަޅަށް ފުނޑު ކޮށްލާށެވެ. މިކްސަރށް ބަޓާރ އަޅައި ބިސްކޯދާއެކީ އެއްކޮށްލާށެވެ.
އެއަށްފަހު ޓްރޭއަށް އަޅައި 30 މިނެޓްވަންދެން ފިރިޖްގައި ބަހައްޓާށެވެ.
ކްރީމް ޗީޒް، ޔޯގަޓް ، ހަކުރު އަދި ވެނީލާ އެސެންސް އަޅައި އެއްކޮށްލާށެވެ. އެއްށްފަު މިކްްސާރ އަށް ފަހަރަކު ބިހެއް އެއްކުރަމުންގޮސް ތިން ބިސް ވެސް އަޅާލާށެވެ. ތައްޔާރު ކުރި ޓްރޭއަށް އަޅައި 50 މިނެޓާ އެއްގަޑި އިރާ ދެމެދު ފިހެލާށެވެ.
ބޭނުންނަމަ ކޭކުގެ މެދު ކުޑަކޮށް ހަރުވަންދެން ފިހެލުމަށްފަހު އަވަން ނިއްވާލައި އިތުރު ދެގަޑިއިރު އަވަން ދޮރު ހުޅުވާފައި ކޭކު ފިނިވަންދެން ބެހެއްޓިދާނެއެވެ.
ނޯޓް. މި ކޭކު ހެދުމުގަެި 2 ސައިސަމްސާ ފުށް ބޭނުން ކުރެވިދާނެއެވެ. އެހެންނަމަވެސް މިއީ ފުށާ ނުލަާވެސް ތައްޔާރު ކޮށްލެވިދާނެ ރެސިޕީއެކެވެ.
ރޯދަވީއްލުމަށް ތައްޔާރު ކުރާނަމަ ރަނގަޅީ ރޭގަނޑު ތައްޔާރުކޮށްފައި ފްރިޖްގައި ބަހަށްޓާފައި އަނެއް ދުވަހު ސާރވް ކުރުމެވެ.
ސާރވް ކުރާއިރު އެބޭފުޅަކު ބޭނުން ކަހަލަ ބެރީ އެއް ނުވަތަ ޗޮކްލެޓް ނުވަތަ އެހެން ކަހަލަ ކްރީމެއް ކޭކު މަތީ އަތުރާލެވިދާނެއެވެ.