-Advertisement-

-Advertisement-

‎މަޖިލީސް އިންތިހާބަށް އަންނަ މަހުގެ 21 އާއި 22 ސަރުކާރު ބަންދު

ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން /ފޮޓޯ: ޕީއެސްއެމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އަންނަ މަހުގެ 21 އާއި 22 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދުމުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޖިލިސް އިންތިހާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން އަންނަ މަހުގެ 21 ވާ އާދީއްތަ ދުވަހާއި22 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ ދެ ދުވަސް ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖެއްސެވީ އެއީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާ އެކު، އިންތިހާބާ ގުޅޭއެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން އުޅޭނެތީ، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައިހަމަޖައްސައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައި ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން އެ އޮފީހުން ބުނީ އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ޖައްސާފައިވަނީ އިންތިހާބުގެ ވޯޓުލުމަށް ފަހުގައި ވޯޓުގުނުމާއި ނަތީޖާ އިއުލާނުކުރުމާ އަދި އެ ނޫން ވެސް އިންތިހާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހު ވެސް ކުރިއަށް ގެންދާނެތީ،އިލެކްޝަންސް ކޮމިޝަނުން އެ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެދިފައި ވާތީ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-