ރައްޔިތުންނާ ސިއްރުން ސަރުކާރުން އިންޑިއާއާއެކު ޑީލް ހަދަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތުހުމަތު ކުރައްވައިފި އެވެ.
ޖަމީލް މިހެން ވިދާޅުވެފައިވަނީ ދަރަންޏަށް ލުއި ހޯދަން މި ސަރުކާރުން އިންޑިއާގެ ކިބައިން އެދިފައިވާ ކަމަށް އެ ގައުމު ނޫސްތަކުން ރިޕޯޓުކޮށްފައިވާހަބަރަކާއި ގުޅިގެންނެވެ.
ޖަމީލް ވިދާޅުވީ މި ސަރުކާރުގެ ވަޒީރުން އިންޑިއާގެ ބޮޑުވަޒީރަށާއި އެގައުމުގެ ރައްޔިތުންނަށް ފުރައްސާރަކޮށް ހިންގި އަމަލުތަކަށް ފަހު މިހާރު އިންޑިއާގެ ފައިބުޑަށް ވެއްޓި ރައީސް މުއިއްޒު އާދޭސްކުރައްވަމުން ގެންދަވާ ކަމަށާއި ރައްޔިތުންނަށް ސިއްރުން މި ސަރުކާރުން އިންޑިއާއާއެކު ޑީލް ހަދަމުންދާ ކަމަށްވެސްޖަމީލު ވިދާޅުވި އެވެ.
ޖަމީލަކީ ރައީސް ޔާމީން ސަރުކާރުގައި ނައިބް ރައީސެވެ. އަދި މިހާރު ރައީސް ޔާމީން އުދައްދަވަން މަސައްކަތް ކުރައްވާ ޕާރޓީގެ ބޭފުޅެކެވެ.