-Advertisement-

-Advertisement-

ރެސިޕީ: އޯރިއޯ ކޮފީ މޫސް

އޯރިއޯ ކޮފީ މޫސް އަކީ އަވަން ބޭނުންނުކޮށް ފަސޭހައިން ތައްޔާރުކޮއްލެވޭ މީރު ފޮނި ކާއެއްޗެކެވެ.
ބޭނުންވާ ތަކެތި

  • 1 ޕެކެޓް ޗޮކްލެޓް އޯރިއޯ
  • 4 ސައިސަމްސާ އިންސްޓެންޓް ކޮފީ ( ނެސްކެފޭ ގޯލްޑް ބޭނުން ކުރެވިދާނެއެވެ. )
  • 2 ތަށި ފިނި ފެން
  • 2 ތަށި ހަކުރު
  • 400މލ. ވިޕް ކްރީމް

ތައްޔާރުކުރާނެގޮތް

ތައްޓަކަށް ކޮފީ، ހަކުރު އަދި ފެން އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު އިލެކްޓްރިކް މިކްސަރަކުން އޮލަވަންދެން މިކްސް ކުރާށެވެ. އިލެކްޓްރިކް ހޭންޑް މިކްސާ ނެތއނަމަ 15 މިނެތްވަންދެން އަތުން ބާރަށް މިކްސްކުރެވިދާނެއެވެ. މިގޮތަށް މިކްސްކޮށް ނިމޭއިރު ކޮފީގެ ކުލަ މަޑު މުށި ކުލައަކަށް ބަދަލުވަންދެން ކުރާށެވެ.

ވަކި ތައްޓެއްގައި ވިޕްކްރީމް ވެސް ބޯވަންދެން އެއްކޮށްލާށެވެ. އެއަށްފަހު ކޮފީމިކްސް އަޅައި މަޑުމަޑުން އަތުން އެއްކުރާށެވެ.

ކުޑަ ޓްރޭއެއްގައި ތައްޔާރުކުރި ކްރީމް ލޭޔާކުރާށެވެ. މިހެން ލޭޔާކުރާއިރު ކޮންމެ ލޭޔާއެއްގެ ދެމެދު އޯރިއޯ ފުނޑުކޮށްފައި އަޅާށެވެ.

ލޭޔާކޮށް ނިމުމުން މައްޗަށް އޯރިއޯ އެޅުމަށްފަހު 2 ގަޑި އިރުވަންދެން ފިރިޖް ކުރާށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-