-Advertisement-

-Advertisement-

ރެސިޕީ: އޯރިއޯ ޗޮކްލެޓް ބޯލްސް

ބޭނުންވާ ތަކެތި
1 ޕެކެޓް ވެނީލާ އޯރިއޯ
1 ތަށި ކްރީމް ޗީޒް
ޗޮކްލެޓް ޗިޕްސް (މެލްޓްކޮށްފައި) ( އޯރިއޯ ބޯލްސް ޑިޕް ކުރުމަށް )

ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ، އޯރިއޯތައް ފުނޑުކޮށްފައި މިކްސަރަށް އަޅައި ރަނގަޅަށް ހިނމުންކޮށްލާށެވެ. އެއަށްފަހު، ކްރީމް ޗީޒް ތަށްޓަކަށް އަޅައި އިލެކްޓްރިކް ހޭންޑް މިކްސަރަކުން އޮމާންވަންދެން އެއްކުރާށެވެ. މިކްސަރުގެ ބަދަލުގައި ވިސްކެއްވެސް ބޭނުންކުރެވިދާނެއެވެ. މިގޮތަށް 10 ވަރަކަށްމިނެޓް އެއްކުރުމަށްފަހު ހިމުންކޮށްފައި ހުރި އޯރިއޯ ތެރެއަށް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު އާދައިގެ ސައި ސަމްސަލަކަށްވުރެ މަދު ނުވާހެން ނަގައި ގުޅަހަދާށެވެ.
ޗޯކްލެޓް ޗިޕްސް ތައް މެލްޓްކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި އޯރިއޯ ގުޅަތަށް ފަހަރަކު ގުޅައެއް ޗޮކްލެޓް ތެރެއަށް އަޅައި ޗޮކްލެޓް ހާކާލާށެވެ. އެއަށްފަހު ނަގައި ޓްރޭއެއްގައި އަތުރައި މައްޗަށް ވައިޓް ޗޮކްލެޓް ބުރުވާލާފައި ފްރިޖްގައި މަދުވެގެން 5 ގަޑިއިރު ބަހަށްޓާށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-