-Advertisement-

-Advertisement-

‎މުޒާހަރާ ކުރީ މިނިވަން ކުރަން ގޮވާލާއެއް ނޫން: ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން. ފޮޯޓޯ؛ ހަބަރު

ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވާން އެ ދެ ޕާޓީގައިއިސްކޮށް ތިއްބާވާ އެއްވެސް ބޭފުޅަކު ބޭނުންނުވާ ކަމަށާއި އެ މަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި މީގެ ކުރިން ކުރިއަށްގެންދިޔަ މުޒާހަރާތަކުންއެކަން އެނގޭ ކަމަށް ޔާމީން ރޭ ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ޔާމީންގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިންޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އެ މަނިކުފާނު ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިއިރު، އެ މަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާތައްކުރިއަށްގެންދިޔަ ގޮތް ބެއްލެވި ކަމަށާއި،.

އެގޮތުން ބައެއް ލީޑަރުން މުޒާހަރާތަކަށް ވަޑައިނުގަންނަވާއިރު ބައެއް ބޭފުޅުން އެއް ރޭ ވަޑައިގަތުމަށް ފަހު އަނެއް ރޭ މުޒާހަރާއަށް ވަޑައިނުގަންނަވާކަމަށެވެ.

މީގެ އިތުރުން ސިޔާސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުން އަބަދުވެސް ތިބޭނެ ކަމަށާއި އެއީ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި ޔާމީންވިދާޅުވީ މައްސަލައަކަށް ވަނީ އެ މަނިކުފާނު ޖަލުގައި ބަހައްޓައިގެން ކުރިއަށްދާން ބައެއް ލީޑަރުން ބޭނުންވުން ކަމަށެވެ.

ޔާމީން ތަންފީޒުކުރައްވަމުންގެންދަވަނީ، ފަތުރުވެރިކަމަށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން11 އަހަރުގެ ޖަލު ހުކުމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-