-Advertisement-

-Advertisement-

ޕްރައިމަރީގައި ވާދަނުކުރަން ރައީސް މުއިއްޒުއަށް އެންގިން: ރައީސް ޔާމީން

ވެރިކަން ކުރާ ޕީއެންސީގެ ޕްރައިމަރީގައި ވާދަނުކުރަން އަންގައި ބައެއް ކެންޑިޑޭޓުންނަށް އެ ޕާޓީގެ ފަރާތުން ސިޓީތައް ފޮނުވިކަން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ޔާމީންގެ ތާއިދާއެެކު ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ބޭއްވި ޖަލްސާއެއްގައިވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު މެދު ހެންވޭރު ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓް ހަސަން ނާސިހުގެ ކެމްޕެއިންގައި ރައީސް ހެންވޭރުގެ ބައެއް ގޭގެއަށްވަޑައިގަންނަވަނިކޮށް މަގުމަތިން އެމަނިކުފާން ހުއްޓުވި އަންހެނަކު ވަނީ ނާސިހަކީ މިފަހަކާ ޖެހެންދެން އެމްޑީޕީގެ މެންބަރެއް ކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފައެވެ.

އަދި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން މަސައްކަތް ކުރި ހަސަން ޝިޔާމު ރައީސަށް ގިނަ ވޯޓުތަކެއް ހޯދައި ދިން ކަމަށާއި ނަމަވެސް އޭނާޕްރައިމަރީން ވަކިކުރަން ރައީސް ސިޓީއެއް ފޮނުއްވި ކަމަށް އެ މީހާ ތުހުމަތުކުރިއެވެ.

އެ ވާހަކައަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އެ މަނިކުފާނަށް ނިސްބަތްކޮށްފައި ވަނީ ހުސް ދޮގު ކަމަށެވެ.

އެ ވާހަކަފުޅާ ގުޅުވައި ރޭ ޔާމީން ވިދާޅުވީ ޕީއެންސީން މަޖިލީހަށް ވާދަކުރަން އުޅުނު އެތައް ބަޔަކަށް އެފަދަ ސިޓީތައް ލިބުނު ކަމަށެވެ.

މީގެ އިތުރުން، ޕީއެންސީން މަޖިލީހަށް ކުރިމަތިލާން ހުޅުވާލިއިރު އެންމެ ފުރަތަމަ ހިމަނާފައި އޮތް ޝަރުތަކީ ޕާޓީގައި ވަކި މުއްދަތެއްގައި ހުރުންކަމަށްވާއިރު ދާދި ފަހުން އެމްޑީޕީން ޕީއެންސީއާ ގުޅުނު ކަމަށް ބެލެވޭ މީހަކަށް ކެންޑިޑެސީ ދިނުމާމެދު އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ.

ޕީއެންސީން މަޖިލީހަށް ވާދަކުރަން މަސައްކަތް ކުރި ބައެއް ކެންޑިޑޭޓުންނަށް ފުރުސަތު ނުދޭ ކަމަށް ބުނެ މައްސަލަ ހޫނުވިއެވެ.

އެ މައްސަލަ ބޮޑުވުމުން، ފޯމު ހުށަހެޅުއްވި ހުރިހާ ކެންޑިޑޭޓުންނަށް ޕްރައިމަރީގައި ވާދަކުރެއްވޭނެކަން ރައީސް އިއުލާނުކުރެއްވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-