-Advertisement-

-Advertisement-

މޭޔަރު ކަމުގައި ކުރި ކަމެއް ފިޔަވައި މިދިޔަ ފަސް އަހަރު މާލެއަށް ލިބުނު ތަރައްގީއެއް ނެތް: ރައީސް

ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޕީޕީއެމް ފޭސްބުކް ޕޭޖް

އެމަނިކުފާނުގެ މޭޔަރު ކަމުގައި ކޮށްދެއްވި ކަމެއް ފިޔަވައި މިދިޔަ ފަސް އަހަރުގެ ތެރޭގައި މާލެއަށް ލިބުނު އެއްވެސް ތަރައްގީއެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މަޖިލިސް އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ރޭ މާލޭ ބުލޫކިޔާމަގުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ޕީއެންސީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނަށް ސިލްސިލާކޮށް ކޮންމެ ރެއަކު މިހާރު އަންނަނީ މާލެ އާއި ހުޅުމާލޭގައި ޖަލްސާތައް ބާއްވަމުންނެވެ.

އެމްޑީޕީގެ ސަރުކާރަށް މާލެ އަށް ކޮށްދެވުނު ކަމެއް ދެއްކެން ވެސް ނޯންނާނެ ކަމަށް ރައީސް ވަރަށް ޔަގީންކަމާ އެކުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުރީގެ ސަރުކާރަށް އަދި އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެ، މާލޭގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި މި ފަސް އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ރާއްޖޭގެ ކޮންމެރައްޔިތަކަށް ވެސް ގެދޮރުގެ ޔަގީންކަން ލިބޭނެ ކަމަށް ރޭ ވެސް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.

އަދި ހަމަ އެހެންމެ ރައީސް ވިދާޅުވީ އެ މަސައްކަތް ކުރެވޭނީ ސަރުކާރަށް އެއްބާރުލުން ދޭ، ސަރުކާރުގެ މެމްބަރުންތަކެއް މަޖިލީހުގައި ތިބެގެން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-