-Advertisement-

-Advertisement-

‎އަނެއްކާވެސް ކުރީގައި އޮތް ނުބައި މިސްރާބަށް ގެންދަން މަސައްކަތް އެބަކުރޭ، އެ ފުރުސަތު ދީގެން ނުވާނެ: ރައީސް

ރައީސް ރައްޔިތުންގެ މަޖިލިސް އިންތިހާބްގައި ވާހަކަ ފުޅުދައްކަނީ. ފޮޓޯ: ޕީޕީއެމް ފޭސްބުކް

އަނެއްކާވެސް ކުރީގައި އޮތް ނުބައި މިސްރާބަށް ގައުމު ގެންދަން މަސައްކަތްކުރާ ކަމަށާއި އެ ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވިދާޅުވެއްޖެއެވެ.

ރައީސް މިހެން މި ހިނގާ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާއަށްވާދަކުރައްވާ ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ކެމްޕޭން ހަރަކާތެއްގައި މިރޭ ވާހަކަފުޅުދައްކަވަމުން ނެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ގައުމީ ވިސްނުމުގައި މަސައްކަތްކޮށްގެން، ގައުމީ ވިސްނުމުގައި ވޯޓުދޭ އިންތިހާބަކަށްހަދަން ޖެހޭ ކަމަށާއި ހަގީގަތުގައި ވެސް އެއީ ގައުމީ މަސައްކަތެއް ކަމަށެވެ.

ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓުން ހޮވައި ދެއްވުމަށް އެދި ވަޑައިވެން

ރައީސް ވިދާޅުވީ ރަނގަޅު މިސްރާބެއްގައި ގައުމު ގެންދެވޭ އިރުގައި، އެކަމަށް އެންމެ ބޮޑު އެއްބާރުލުމެއް ދެވޭނީ ރައްޔިތުންގެ މަޖިލީހުގައި އެކަންކަމަށްއެއްބާރުލުން ދޭނެ ބޭފުޅުންކޮޅެއް ތިބެގެން ކަމަށާއި ފަރާތުން 93 ދާއިރާއަށް ވާދަކުރައްވަނީ އެފަދަ ބޭފުޅުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވި ރަނގަޅު ބިންގަލުގެ މަތީގައި ގައުމު އާރާސްތުކުރުމުގެ މަސައްކަތް ފަށާފައި މިވާ ދަނޑިވަޅުގައި ކުރީގައި ދިޔަ ގޮތަށް ދާން ފުރުސަތުދޫކޮށްލުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހަކަށްވާނެ ކަމަށާއި އެހެންވީމާ އިސްލާމްދީނުގެ ވަރުގަދަ އަސާސްގެ މަތީގައި، ދީނީ ހަމަތަކުގެ މަތީގައި ދިވެހިންބޭނުންވާގޮތަށް ގައުމު ގެންދިއުމަށްޓަކައި އެންމެން އަތުކުރި އޮޅާލަންޖެހޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-