-Advertisement-

-Advertisement-

މިހާރުގެ މަޖިލީހުން ބަޖެޓް ފާސްކޮށް ނުދިނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެކަން ޔަގީންވާތީ: ރައީސް

ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޕީޕީއެމް ފޭސްބުކް ޕޭޖް

ޓްރާންޝިޝަން ޕީރިއަޑުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް މިހާރުގެ މަޖިލީހުން ފާސްކޮށް ނުދިނީ، ބަޖެޓްގައި ހިމެނި މަޝްރޫއުތައް ކުރިއަށްގެންދާނެކަން ޔަގީންވާތީ އެކަންކަން ހުއްޓުވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ އަލީ މޫސާގެ ކެމްޕޭންޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ހުރީ ފޮތުގައި ލިޔެ ހުރިހާ އެންމެންނަށް ފެންނަ ގޮތަށް ނަމަވެސް މަޖިލީހުގެއެއްބާރުލުން، ސަރުކާރަށް ނުލިބޭ ކަމަށްވާނަމަ، އެ ވައުދުތައް ނުފުއްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބަޖެޓް ފާސްނުކޮށްދިނަސް އަޅުގަނޑުމެން ކޮންތާކަށްތޯ ދާނީ. ބަޖެޓް ފާސްނުކޮށްދިނީމަ އެ ބޭފުޅުން ބޭނުން ގޮތަކަށް ހަމަ މައްސުނިކޮށްފައިބަދަލުކޮށްފައި ފާސްކޮށްލީމަ އަޅުގަނޑުމެން ތިބޭނީ ތާށިވެފައި ނުންތޯ. އަޅުގަނޑު ބޭނުމެއް ނޫން އެކަންވާކަށް އެހެނެއް. މިހާރު މިއޮތް މަޖިލީހުންފާސްކޮށްފައި އޮތް ބަޖެޓް އޮތީ އެހެން،ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތުގައި އެންމެ ދުވަހެއް ވެސް ބޭކާރު ކުރަން ބޭނުންފުޅުނުވާ ކަމަށާއި މަޖިލިސް ތެރެއިން ތަރައްގީއަށް ހުރަސް އަޅައިއަމިއްލަ ކަންތައްތަކެއް ހާސިލުކުރަން އުޅޭ ބަޔަކު ހޮވައިގެން ތަރައްގީ ނުގެނެވޭނެ ކަމަށެވެ. މީގެ އިތުރުން  އިގުތިސޯދީ ވަރަށް ގިނަ މަސައްކަތެއް މިހާރުފެށިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެހެން ބޮޑެތި މަޝްރޫއުތަކެއް ވެސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއާ އެކު ރާއްޖޭގެ ތަރައްގީ މުޅިން އާ ހަރުފަތަކަށް އުފުލިގެންދާނެ ކަމަށާއި އެއީ ރާއްޖޭގައި މިހާތަނަށް ފަށާނެ އެންމެ ބޮޑުއިގުތިސޯދީ މަޝްރޫއު ކަމަށް ރައީސް ވިދާޅުވިއެވެ.

އެވަރު ކަމެއް ކުރަން ތައްޔާރުވެފައިވާ އޮތްވައި ދާއިރާގެ ގޮޑީގައި މިކަމުގެ އެހެން ހިޔާލެއް ގެންގުޅޭ ބޭފުޅަކު ހިޔާރު ކުރުމަކީ ބުއްދީގެ ހަމަތަކުން އަޅުގަނޑަކަށްދެކޮޅުޖެއްސޭ ވާހަކައަކަށް ނުވޭ ހަމަ ގައިމުވެސް. ފުރިހަމަ އެއްބާރުލުން އަޅުގަނޑަށް ދޭނެ އަޅުގަނޑު އެ ބޭފުޅަކަށް ފުރިހަމަ ތާއީދު އޮތް ބޭފުޅަކު ނުންތޯތިބޭފުޅުން ހިޔާރުކުރައްވަން ޖެހޭނީ،ރައީސް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގެ ތަރައްގީގެ މަޝްރޫއު ހަމަ އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-