-Advertisement-

-Advertisement-

ގާޒާގެ ހާން ޔޫނިސް ދޫކޮށް ޔަހޫދީ ސިފައިން ފައިބައިފި، މުޅިތަން އޮތީ ސުންނާފަތި ކޮށްފައި

ޖަބަލިއާ ރެފިއުޖީ ކޭމްޕް – ފޮޓޯ: ރޮއިޓާސް

ގާޒާއަށް އަރާ ޔަހޫދީން ހިނގަމުން ގެންދާ ވަރުގަދަ އޮޕަރޭޝަންގައި އެންމެން ފަހާ ވަޒަނުން ބޭރުކޮށް އެތައް މަހެއް ވީ ފަހުން އެތަންތަންނުން ފައިބައިފިއެވެ.

ގާޒާގެ ދެކުނުގެ ހާން ޔޫނިސްގައި ތިބި ޔަހޫދީ ސިފައިން އެތަނުން ވަނީ ފައިބާފައި ވީ ނަމަވެސް ގާޒާގެ ދެކުނުގައި އަދިވެސް 1 ބްރިގޭޑް ގާއިމުވެއެބަތިއްބެއެވެ.

ބާކީތިބި މީހުން ބާލާފައިވަނީ ކުރިއަށް އޮތް އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ވަނީ ބުނެފައެވެ.

ހާން ޔޫނިސްގައި ތިބި ޔަހޫދީން ފޭބުމުން ގާޒާގެ އާންމުންނާއި ބައެއް ބައެއް ނޫސްވެރިން އެސަރަހައްދުތަކަށް ގޮސްފައިވާއިރު، ނޫސްވެރިން ވަނީ، ހާންޔޫނިސްގައި ބަނޑަހަ ޖަހައިގެން ޔަހޫދީ ސިފައިން ތިބި ތަންތަނުގެ ވީޑިއޯއާއި ފޮޓޯވެސް ދައްކާފައެވެ. އެހުރިހާ ތަނެއްގެ މަގުތައް ހަލާކު ކޮށް ފަސްބާޑިލައިފައިވާ އިރު ހުރިހާ އިމާރާތްތަކެއްގައި ހުރީ އިޒްރޭލު ބަހުރުވައިން ސްޕްރޭކޮށްފައެވެ.

ކޮޅަސް އިމާރާތެއް ހުރި ނަމަވެސް އެއިން އެއްވެސް އިމާރާތެއްގައި ދޮރެއް ދޮރުފަތެއް އަދި ގިނަ ތަންތާނގައި ފާރުތަކެއް ވެސް ނެތެވެ

މުޅިތަން ތަޅާ ސުންނާފަތި ކޮށްފައި ވާ އިރު އެ ސަރަހައްދަށް ދިޔަ އާންމުން، އެމީހުންގެ ގާތް ތިމާގެ މީހުން ފެނޭތޯ، ހިލަމެއްވޭތޯ އޭތި މީތި ހިއްލާ ބަލަމުންދިޔައެވެ.

އަމިއްލަ ވަޒަން ނަމަވެސް އަދި މީގެ 6 އެއްކަ މަސް ކުރިން ދިރިއުޅު ގެ މިހާރު ވަކިކުރާކަށް ފެންނާކަށް ވެސް ނެތެވެ. ހަމަލާދީ ގޮއްވާލައި ގިނަ އިމާރާތްތައްހުރީ ފުނިފުންޏަށް ގާކުނޑިގެ ގޮތުގައި އެކުވެފައެވެ.

އިޒްރޭލުން ބުނަނީ ގާޒާގެ ދެކުނުން ސިފައިން ބޭލީ ކުރިއަށް ރޭވިފައި އޮތް ރަފާ އޮޕަރޭޝަނަށް ތައްޔާރުވުމަށް ކަމަށެވެ. އެހެން ނަމަވެސް އެމެރިކާއިންބުނެފައި ވަނީ އިޒްރޭލުން ރަފާ އަށް އަރަން އުޅޭ ކަމުގެ ސާފު މައުލޫމާތެއް ނެތް ކަމަށެވެ.

ގާޒާގެ ދެކުނުން އިޒްރޭލުގެ 1 ބްރިގޭޑް ފިޔަފައި ހުރިހާ ބްރިގޭޑެއް ބޭލި މި ދަނޑިވަޅުގައި ސުލްހައިގެ މަގަށް ކުރިއަށް ދާ ވާހަކަތައް މިސްރުގައި ހިނގަމުންއެބަދެއެވެ. އެ މަޝްވަރާ ތަކުގައި އިޒްރޭލުން ހުށަހަޅަނީ ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ ރަހީނުން ދޫކޮށްލުމަށެވެ. ހަމާސްގެ ހުށަހެޅުމަކީ އިޒްރޭލުސިފައިން ގާޒާ ދޫކޮށް ފޭބުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-