-Advertisement-

-Advertisement-

މިއޮތީ އީދު ދުވަހު މެންދުރަށް ހަދާނެ ތަފާތު ފޮނިއެއްޗެއް!

އީދުގެ އުފާ ފާޅުކުރުމަށް އީދު ދުވަހަށް ޙާއްސަ ކާއެއްޗިހި ތައްޔާރުކުރުމަކީ ދިވެހިންގެ އާދައެވެ. އެގޮތުން ސުފްރާ މަތި ފަޅުފިލުވާލުމަށް ތަފާތު ކާއެއްޗެއް ހަދާލުމަކީ ސަޅި ކަމަކަށް ވާނެއެވެ. މި ލިޔެލަނީ މާމުއި ކޭކް ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާ ތަކެތި:
1 ޖޯޑު އަންސޯލްޓެޑް ބަޓަރ (ފިނި ކަނޑުވާފައި)
1 ޖޯޑު ފުށް
1 ½ މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރ
½ މޭޒުމަތީ ސަމްސާ ލޮނު
1 ޖޯޑު މާމުއި
4 ބިސް
3 މޭޒުމަތީ ސަމްސާ ފުލް ކްރީމް މިލްކް
2/3 ސައި ސަމްސާ އޮރެންޖް ތޮށި (ގާނާފައި)
1/3 ސައި ސަމްސާ އިނގުރު (ގާނާފައި)
2/3މޭޒުމަތީ ސަމްސާ ފެން
1 ސައި ސަމްސާ އޮރެންޖް ޖޫސް
¼ ޖޯޑު އާލްމަންޑް (ތުނިކޮށް ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް:
ތަށްޓެއްގައި ފުށާއި، ބޭކިންގ ޕައުޑަރު އަދި ލޮން އެއްކޮށްފައި އެއްފަރާތް ކޮށްލާށެވެ

ވަކި ތަށްޓެއްގައި ބަޓަރ އަދި 2/3 ޖޯޑު މާމުއި ހޭންޑް މިކްސަރ އަކުން ގިރުވާލާށެވެ. ބަޓަރ ގިރުމުން މިކްސްޗަރގެ ތެރެއަށް 2 ބިސް އެއްކޮށްލާފައި، ކުރިން ތައްޔާރުކުރެވުނު ފުށުން އެއްބައި އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ފުށް ރަނގަޅަށް އެއްވުމުން އިތުރަށް 2 ބިސް އަޅައި ގިރާލުމަށްފަހު ފުށުގެ ބާކީ ބައި އަޅާފައި އެއްކޮށްލާށެވެ.

ތައްޔާރުކުރެވުނު މިކްސްޗަރގެ ތެރެއަށް ކިރާއި، އިނގުރު އަދި އޮރެންޖް ތޮށި އެއްކޮށްލުމަށްފަހު މަޑުމަޑުން 30 ސިކުންތު ވަންދެން ގިރާލާށެވެ.

ކުޑަ ޓްރޭއެއްގައި ބަޓަރ ހާކަލުމަށްފަހު ބޭކިންގް ޕޭޕަރ އަޅާފައި ގިރުވާފައިވާ މިކްސްޗަރ ޓްރޭއަށް އަޅާލާށެވެ.

180ޑިގްރީ އަށް އަވަން ހޫނުކޮށްލުމަށްފަހު 10 މިނެޓް ވަންދެނެ ބަހައްޓާފައި، މިކްސްޗަރ އަޅާފައިވާ ޓްރޭ އަވަނަށްލާށެވެ. ކޭކް ފިހެވޭނީ 45 މިނެޓުންނެވެ. ޓެމްޕަރޭޗަރ ބަހައްޓާނީ 180 ޑިގްރީގައެވެ.

ކޭކް ފިހަން ލުމަށްފަހު، މާމުއި ސިރަޕް ތައްޔާރުކުރުމަށް ފެނާއި 1/3 ޖޯޑު މާމުއި ތެއްޔެއްގައި އުދާށެވެ. ސިރަޕް 2 މިނެޓަށް ކައްކާލުމަށްފަހު، އޮރެންޖު ޖޫސް އެއްކޮށްލާފައި، އިތުރަށް 2 މިނެޓް ކައްކާލާށެވެ. އެއަށްފަހު ފިނިކޮށްލުމަށް މާމުއި ސިރަޕް އައިސްއަލަމާރީގައި އިރުކޮޅަކު ބަހައްޓާށެވެ.

ވަކިން ތެއްޔެއްގައި ކޮށާފައިވާ އަލްމަންޑް މަޑުގިނީގައި 1 މިނެޓަށް ފިހެލާށެވެ.

ކޭކް ފިހެވުމުން ހިހޫވަންދެން ބަހައްޓާލާށެވެ. ހިހޫވުމުން ކޭކް ބޯޑަށް ލާފައި ލޯވަޅުއަޅާލާސެވެ. ތައްޔާރުކުރެވިފައިވާ މާމުއި ސިރަޕް ކޭކުގެ މައްޗަށް އެއްވަރަކަށް އަޅާފައި އަލްމަންޑް ކޭކުގެ މަތީގައި ފަތުރާލުމުން މާމުއި ކޭކް ތައްޔާރުކުރެވުނީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-