-Advertisement-

-Advertisement-

ސޮޓިބިޒްގެ ސެމްސަންގް އެސް24 އަލްޓްރާ އީދު ސޭލް

ތަފާތު ވައްތަރުގެ ފޯނާއި އެސެސަރީސް ވިއްކުމުގައި ދިވެހިންގެ މަޤްބޫލުކަން ހޯދާފައިވާ ސޮއްޓިބިޒް ފިހާރައިގެ އީދު ޕްރޮމޯޝަން ވަރަށްވެސް ހިއްގައިމެވެ. ގިނަ އުފެއްދުންތަކެއް އަގުހެޔޮކޮށް، މި ރޯދަމަހަށް ޙާއްސަކޮށް އަޅުވާފައިވާ ސޭލްގައި ފޯނު ވިޔަފާރީގައި މަޝްޢޫރު ގިނަ ފޯނުތަކެއް ހިމެނެއެވެ. މި ގޮތުން، ސެމްސަންގ ގެލެކްސީ އެސް 24 އަލްޓްރާ ފޯނު ވަކިން ފާހަގަކޮށްލެވެއެވެ.
ގެލެކްސީ އެސް 24 ސީރީޒްގެ ފޯނުތަކުގެ އެންމެ ޚާއްޞަ އެއްކަމަކީ ފޯންކޯލްތައް ވަގުތުން އަމިއްލަ ބަހަށް ޓްރާންސްލޭޓް ކޮށްލެވޭކަމެވެ. ސެމްސަންގްގެ އަމިއްލަ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މިފީޗާއިން 13 ބަހަކަށް ތަރުޖަމާ ކުރުމުގެ ޤާބިލްކަން ވަނީ ލިބިފައެވެ. މީގެ އިތުރުންވެސް، މި ފޯނުން ގޫގުލް ސާޗްކުރުމުގައި ވެސް ހާއްސަ އެކި ފީޗާތައް ހިމަނާފައިވެއެވެ. އެގޮތުން، ބޭނުންވާ ފޮޓޯއެއް ނުވަތަ ބަހެއްގައި ބޮޅެއް އަޅާލުމުން އަމިއްލައަށް އެޔާ ބެހޭ މަޢުލޫމާތު އިންޓަނެޓުން ހޯދައިދިނުން ހިމެނެ އެވެ. ގޫގުލްގެ ވަކިވަކި އެޕްލިކޭޝަންތައް ބޭނުން ކުރުމަކާ ނުލައި، ހޯދާލަން ބޭނުންވާ މަޢުލޫމާތެއް މި ފޯނުން ފަސޭހަކަމާއެކު ސާޗްކޮށްލަދެއެވެ.
އެޕަލް ފޯނުތަކެކޭ އެއްފަދައިން، އެސް 24 އަލްޓްރާގައި ވެސް ހިމަނާފައި ވަނީ ޓައިޓޭނިއަމް ފްރޭމެކެވެ. އަދި ބެޓެރީގެ ބާރު ވެސް އެހެން ފޯނުތަކާ އަޅާބަލާއިރު، މިފަހަރު މި ފޯނުގައި ދިގު މުއްދަތަކަށް ހިފަހައްޓާނެއެވެ.
މި ފޯނު ގަނެލުމަށް، ސޮއްޓިބިޒް ފިހާރައިގެ ނަންބަރު 7449955 އަށް ގުޅައިލުމުން ނުވަތަ ވެބްސައިޓަށް www.sottibiz.mv އަށް ވަދެލުމުން އިތުރު މަޢުލޫމާތު ލިބޭނެއެވެ. ވައިބާ މެދުވެރިކޮށް ވެސް ފިހާރައިން އޯޑަރު ކުރެވޭނެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށްވެސް ސޮއްޓިބިޒް އިން ވިޔަފާރި ކުރެވޭނެއެވެ. މި ފިހާރައަށް އޯޑަރު ކޮށްލުމުން، މާލެ، ހުޅުމާލެ އަދި ބޯޓުތަކަށްވެސް ހިލޭޑެލިވަރީކޮށްދޭނެއެވެ. ސޮއްޓިބިޒް މޯބައިލް ފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-