-Advertisement-

-Advertisement-

‎ވަން އައިލެންޑް ކޮންސެޕްޓުގެ 4 ރިސޯޓު ލ. އަތޮޅުގައި ތަރައްގީ ކުރަނީ

ޓޫރިޒަމް މިނިސްޓަރ ފައިސަލް ވާހަކަ ދައްކަނީ . ފޮޓޯ: އެޓޯލް ޓައިމްސް

މި ފަސް އަހަރު ނިމޭއިރު ވަންއައިލެންޑް ކޮންސެޕްޓްގެ ހަތަރު ރިސޯޓް ލ. އަތޮޅުގައި ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެވައުދުފުޅެއް ކަމަށާއި އެ އަމާޒަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ މި އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ، ކޮންމެ ރަށަކުންވެސް ބޭނުން ވަނީ އެރަށަކާ ކައިރީގައި ޓޫރިޒަމް ތަރައްގީ ކުރުމަށް

ކަމުން،

ލ. އަތޮޅު ހިމެނޭގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހުރި ޓޫރިޒަމްގެ ފުރުސަތުތައް ވަކިވަކިން، ބައިނަލް އަގުވާމީ މާކެޓްތަކަށް މާކެޓްކޮށްދޭނެ ކަމަށްވެސްވިދާޅުވިއެވެ.

އެގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޑޮކިއުމެންޓްރީތައް ތައްޔާރުކޮށް ލ. އަތޮޅު މުޅި ދުނިޔޭގެ މާކެޓްތަކަށް ދައްކާލަން މަސައްކަތްކުރައްވާނެ ކަމަށްވެސްވިދާޅުވިއެވެ.

ނަމަވެސް އެކަންތައްތައް ފަސޭހަކަމާއެކު ކުރެވޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ޑރ.މުހައްމަދު މުއިއްޒަށް މެޖޯރިޓީދީކެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-