-Advertisement-

-Advertisement-

ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލަނީ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށައެޅުއްވުމަށް މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެމެންބަރު މުހައްމަދު އަސްލަމް ނިންމަވައިފިއެވެ.

އަސްލަމް މިހެން ވިދާޅުވީ އެމްޑީޕީން އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް މިހާރު ނިމިފައިވާ ކަމަށާއި، އެހެން ނަމަވެސް އެމައްސަލައިގެ ޝަރީއަތް ނުނިިމިދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށްވާއިރު 4 މަސްވެގެންދިޔައިރުވެސް ހުކުމް އިއްވާނުލެވުނު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެކަމުން ވެސް ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތަށް އަތްބާނާ މިންވަރު ފެނިގެންދާ ކަމަށެވެެ. އަދި ޔާމިންގެ ޝަރީއަތް ލަސްވާސަބަބު ބެލުމަށް ޖޭއެސްސީ އަަށް ހުށައަޅުއްވާނެ ކަމަަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ޔާމިން އިސްވެ ހުންނަވާ އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ހުރަސްއެޅި ކަމަށްތުހުމަތުކުރަށްވައި އެކަން ވެސް ކުށްވެރި ކުރަށްވާފައެވެެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-