-Advertisement-

-Advertisement-

ޔޫކްރައިންގެ އެންމެ ބޮޑު 3 ސިޓީއަށް ކަރަންޓް ދޭ އިންޖީނުގެ ރަޝިއާއިން ގޮއްވާލައިފި

ރަޝީއާއިން ޔޫކްރައިން އާ ކުރާ ހަނގުރާމައިގައި އުމްރާނީ ވަސީލަތްތަކަށް އަމާޒު ކުރާ ހަމަލާގެ އެންމެ ފަހު ސިލްސިލާގައި ޔޫކްރައިންގެ އެންމެ ބޮޑު ޕަވާޕްލާންޓް ގޮއްވާލައިފިއެވެ.

ރޭ ޖުމްލަ 80 ހަމަލާއެއް ޔޫކްރައިން އަށް އަމާޒު ކުރި އިރު އޭގެ ތެރޭގައި 40 މިސައިލް ހަމަލާ އާއި ޑްރޯން ހަމަލާގެ 40 ހަމަލާ ހިމެނެއެވެ.

މި ޕަވާޕްލާންޓް ގޮވާފައި ވުމުން ކަރަންޓްގެ ހިދުމަތުން 200,000 އަށް ވުރެ ގިނަ ގޭބިސީ މަހުރޫމްވެފައި ވާ އިރު އޮފިޝަލުން ބުނީ އިންޖީނުގެ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ވާ ކަމަށެވެ.

ސެންޓްރެނާގޯ ކިޔާ ކުންފުންޏަކުން އޮޕަރޭޓް ކުރާ މި އިންޖީނުގެ ރަޝިއާއިން ގޮއްވާލާފައި ވާ އިރު, އެ އިންޖީނު ގެއަކީ މުޅި ޔޫކްރައިންގެ އެނާޖީއިންފްރާސްޓަރަކްޗާގެ 8 ޕަސެންޓް ހިއްސާ ކުރާ ނުވަތަ 8 ޕަސެންޓް އަށް ކަރަންޓް ފޯރުކޮށްދޭ އިންޖީނުގެއެވެ.

ރޭގެ ހަމަލާތަކާ ގުޅިގެން ޔޫކްރައިންގެ އޮފިޝަލުން ބުނީ, ރަޝިއާގެ ނުރައްކާތެރިކަން ގައިމު މިހާރު ހާމަވާނެ ކަމަށާއި ވައިގެ ދިފާއީ ބާރު ވަރުގަދަ ކުރަންހުޅަނގުން އެހީ ނުލިބި ރަޝިއާގެ ހަމަލާތައް މައިތިރި ނުކުރެވޭނެ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބުނީ, މިއީ ޔޫކްރައިން އިން ރަޝިއާއަށް ދިން ހަމަލާގެ ބަދަލު ހިފުމެއް ކަމަށެވެ.

މިހަމަލާގައި ޔޫކްރައިންގެ އެކި ސަރަހައްދުތަކުން 10 މީހަކު މަރުވެ އެތައްބަޔަކު ޒަހަމްވެފައި ވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-