-Advertisement-

-Advertisement-

ސަލްމާން ޚާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓަށް ބަޑީގެ ހަމަލާތަކެއް ދީފި

މަޝްހޫރު ފިލްމީ ތަރި ސަލްމާން ހާން

ބޮލީވުޑްގެ ނަން މަޝްހޫރު ބަތަލާ ސަލްމާން ޚާން ދިރިއުޅޭ ގެ ކަމަށްވާ ގެލެކްސީ އެޕާޓްމަންޓަށް ގޮތް ނޭނގޭ ބަޔަކު ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

ބަޑީގެ މި ޙަމަލާއާ ގުޅިގެން ފުލުހުންގެ ކްރައިމް ބްރާންޗުން އެކްޓަރު ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓު ހުރި ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާއިރު، މުމްބާއީ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ ސަލްމާން ޚާން ދިރިއުޅޭ އެޕާޓްމަންޓް ހުންނަ ޢިމާރާތުގެ ބޭރަށް ޙަމަލާ ދީފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއް ކަމަށާއި ހަމަލާ ދިނީ ސައިކަލުގައި ދިޔަ ދެ މީހަކު ކަމަށެވެ.

ކްރައިމް ބްރާންޗުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ހެލްމެޓު އަޅައިގެން ތިބި ދެ މީހަކު ފަސް ބުރަށް ވައިގެތެރެއަށާއި އެޕާޓްމަންޓުގެ ފާރަށް ބަޑީގެ ވަޒަންތައް ޖަހާފައިވާ ކަމަށެވެ.

ބަޑީގެ ހަމަލާތައް އަމާޒުވެފައި ވަނީ މުމްބާއީގެ ބަންޑްރާގައި ހުރި ގެލެކްސީ އެޕާޓްމަންޓުގެ ބޭރުގެ ފާރުތަކަށް ކަމަށާއި ބަޑީގެ ވަޒަންތައް އަމާޒުވެފައިވާ ސަރަހައްދުތަކުން ހެކި އެއްކުރުމުގެ މަސައްކަތް ފޮރެންސިކް ސައިންޓިސްޓުން ހިމެނޭ ޓީމުން ކުރަމުންދާ ކަމަށް މުމްބާއީ ޕޮލިސް ކޮމިޝަނަރު ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

އެ ސަރަޙައްދުގައި ހުރި ސީސީޓީވީ ކެމެރާގެ ކޮލިޓީ ދަށްވުމުން ހަމަލާދިން މީހުން ދަތުރުކުރި ސައިކަލުގެ ރަޖިސްޓްރޭޝަން ނަމްބަރު ސާފުވާގޮތް ވަނީ ނުވެފައި ކަމަށްވެސް، ކްރައިމް ބްރާންޗްގެ އޮފިޝަލަކު ވަނީ މީޑިއާއަށް މަޢުލޫމާތު ދީފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-