-Advertisement-

-Advertisement-

ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން ސަމާލުކަންދޭންވީ ކަންކަން

މާލޭ މަގެއްގައި ފެންބޮޑުވެފައި. ފޮޓޯ: ނިއުސްލެބް

މި ދުވަސްކޮޅަކީ ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް ވިއްސާރަ ކުރަމުންދާ ދުވަސްކޮޅަކަށްވާއިރު، ވެރިރަށް މާލެއާއިއެކު ވަރަށް ގިނަ އެހެން ރަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ. މިފަދަ ވިއްސާރަ ދުވަސްވަރުގައި، ބަލިތައް ގިނަވެ ފެތުރުމަކީ ވަރަށް އާންމުކަމެކެވެ. އެހެންކަމުން، އާންމު ޞިއްޙަތާއި ދުޅަހެޔޮކަމަށްޓަކައި ސާފުތާހިރުކަމަށް އަދި ޙާއްސަކޮށް ފެން ބޭނުންކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުން މުހިއްމެވެ.

  1. ބޯފެނާއި ކެއްކުމަށް ފެން ބޭނުންކުރުމުގައި ސަމާލުވުން
    ބޯފެނަކީ ސާފުތާޙިރު ފެންކަން ކަށަވަރު ކުރުމަށްޓަކައި ބުއިމަށާއި ކެއުމަށް ފުޅީގައި ބަންދުކުރެވިފައިވާ ފެން ބޭނުންކުރުމަކީ އެންމެ ރަނގަޅުގޮތެވެ. އަދި ތަށިދޮވުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ވާރޭފެން ބޭނުންކުރާނަމަ، ކައްކައިގެން ބޭނުންކުރެވިދާނެއެވެ. ނުވަތަ ސަޕްލައިފެންވެސް ބޭނުންކުރެވިދާނެއެވެ.
  1. ވަޅުފެން ބޭނުންކުރުމުގައި ސަމާލުވުން
    ނަރުދަމާ، ސެޕްޓިކް ނުވަތަ ޖަންކްޝަން ފުރިގެން ފެން ނުކުންނަނަމަ، ފެންވަޅުތަކަށް އޭގެ އަސަރު ކޮށްފާނެކަމަށްޓަކައި، ބުއިމަށާއި ކެއްކުމަށް ވަޅުފެން ބޭނުންނުކުރާށެވެ. އަދި ފެންވެރުމަށް ވަޅުފެން ބޭނުންކުރުމުގެ ކުރިން ކްލޮރިން ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. މިފަދަ ޙާލަތެއް ދިމާވެއްޖެނަމަ އެރަށެއްގެ ޕަބްލިކް ހެލްތް ޔުނިޓަށް އަންގައި ޙައްލު ކުރަންވާނެއެވެ. އަދި ވަޅުފެން ބޭނުންކުރުމުގެ ކުރިން ވަޅުފެން ބޭނުންކުރުން ރައްކާތެރިކަން ކަށަވަރުކުރާށެވެ.
  1. ފެންގަނޑު ތެރެއަށް ކުޑަކުދިން އެރުނަ ނުދިނުން
    މަގުތަކުގައި ފެން ބޮޑުވެފައިވާ މިޙާލަތުގައި ފެނުގެ ތެރޭގައި ނަޖިސްތަކެއްޗާއިއެކު މިފަދަ އެހެން ތަކެތި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ވިމާ، ޙާއްސަކޮށް ކުޑަކުދިން ފެންގަނޑަށް އެރުނަ ނުދިނުމަށާއި، ފެންގަނޑަށް އެރެވިއްޖެނަމަ ރަނަގަޅަށް ސައިބޯނި ލައިގެން ދޮވުމަށާއި، ފެނުގައި ޖެހިފައިވާނަމަ އަންނައުނުވެސް ދޮވުމަށް ސަމާލުކަންދޭންވާނެއެވެ.
  1. އާންމު ސާފުތާހިރުކަން
    މިފަދަ ދުވަސްވަރެއްގައި އާންމު ސާފުރާހިރުކަމަށް އިތުރަށް ސަމާލުވެލައްވާށެވެ. ޙާއްސަކޮށް ސައިބޯނި ލައިގެން ސާފުފެނުން ގިނަގިނައިން އަތް ދޮވުމަށް ސަމާލުކަން ދެއްވާ ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން، ކެއުމުގެ ކުރިން، ފާޚާނާ ކުރުމުގެ ފަހުން ސައިބޯނި ލައިގެން އަތް ދޮވުމަށް އިތުރަށް ސަމާލުވެލައްވާށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-