-Advertisement-

-Advertisement-

ހާލަތު ގޯސްވިޔަ ނުދިނުމަށް އިންޑިޔާއިން އީރާނަށް ގޮވާލައިފި

ފޮޓޯ؛ ދަ އިކޮނޮމިކް ޓައިމްސް

މެދުއިރުމަތީގެ ހާލަތު ގޯސްވިޔަ ނުދިނުމަށް އިންޑިއާއިން އިރާނަށް ގޮވާލައިފިއެވެ.

މިހެން އިންޑިއާއިން ގޮވާލާފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރް، އިރާންގެ ހާރިޖީ ވަޒީރު ހޮސެއިން އާމިރްއަބްދޮލަހިއަން އާއި ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަ ފުޅުގައިއެވެ. އެބޭފުޅުން އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަށްވާފައިވާއިރު، ޖައިޝަންކަރް ވަނީ އިރާނުން ހިފަހައްޓާފައިވާ އާގުބޯޓު އެމް.އެސް.ސީ އޭރީޒްގައި ތިބި 17 އިންޑިއާ ފަޅުވެރިން ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ޖައިޝަންކަރް ވަނީ އިސްރާއީލުގެ ހާރިޖީ ވަޒީރު އިސްރައިލް ކަޓްޒް އަށް ވެސް ފޯނުން ގުޅުއްވައި ކަންބޮޑުވުންތައް ހިއްސާ ކުރަށްވާފައެވެ. އެބޭފުޅުން ވަނީ އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމުގެ ބޮޑު މަންޒަރާއި ގުޅޭގޮތުން މަޝްވަރާ ކުރަށްވާފައެވެ.

އިންޑިއާއިން ވަނީ ކުރިންވެސް މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މެދުއިރުމަތީގައި އިންޑިއާގެ ގިނަ ރައްޔިތުން މަސައްކަތް ކުރަމުންދާތީ އިންޑިއާއިން ދަނީ އެ ސަރަހައްދުގައި ހިނގާ ކަންކަން ގާތުން ބަލަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-