-Advertisement-

-Advertisement-

‎ސޯލިހު އެދިވަޑައިގަންނަވަނީ ސުލްހަވެރިކަމާއެކު ކެމްޕޭން ނިންމާލަ ދިނުމަށް

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ސުލްހަވެރިކަމާއެކު އަދި ހަމަޖެހިގެން ނިންމާލުމަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހީމްމުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ހިންނަވަރަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ސޯލިހު ވިދާޅުވީ ކެމްޕޭން ކުރިއަށް ގެންދިއުމަށް ދެން އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި އެމްޑީޕީން ކުރަންވީ ކަމަކީ ފޯކަސް ގެއްލުވާނުލައި އެމްޑީޕީގެސިޔާސަތުތައް ރައްޔިތުންނަށް ސާފުކޮށް ދިނުން ކަމަށެވެ.

އަދި މިއީ ވާދަވެރި ކެމްޕޭނެއް ނަމަވެސް ބޭނުންވަނީ އެއްވެސް ބަޔަކާ ދެކޮޅުނުވެ ސުލްހަވެރިކަމާއެކު ކެމްޕޭން ނިންމާލުމަށް ކަމަށް ވިދާޅުވިއެވެ.

ސޯލިހުގެ ވާހަކަ ފުޅުގައި ސަރުކާރަށް ފާޑު ވިދާޅުވެފައި ވެސް ވެއެވެ.

އެގޮތުން ސޯލިހު ވިދާޅުވީ، ސަރުކާރުން ގެންދަނީ މަޖިލިސް އިންތިހާބާ ދިމާކޮށް، ރައްޔިތުންނަށް އެކި ގޮތް ގޮތުން ބިރު ދައްކަމުން ކަމަށާއި އެގޮތުންކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-