-Advertisement-

-Advertisement-

‎ރައްޔިތުންގެ މުދަލާއި ފައިސާގައި ޖެހިވަޑައިނުގަންނަވާނަން- ރައީސް

ރޭ ހުޅުމާލެ ފޭސް 2 ގައި އޮތް ޖަލްސާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

އިދިކޮޅުން އެ މަނިކުފާނުގެ އިސްތަށިފުޅުގައިދޮގު އަޅުވަން އުޅެއުޅެއެކަން ވާގޮތެއް ނުވި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު  ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ  އަންނަ ހަފްތާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެގޮނޑިއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު، މުޙައްމަދު އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދަައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ރައްޔިތުންގެ ހައްގުގައި ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. މީގެއިތުރުން ރައްޔިތުންގެ މުދަލާއި ފައިސާގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އިދިކޮޅު އެމްޑީޕީން، ތާރީހެއް ތައްގަނޑެއް ނުޖަހައި އޮތް ޕޮލިސް އިންޓެލިޖެންސް ރިޕޯޓުގެ ޑްރާފްޓެއް އެ މަނިކުފާނާ ގުޅޭ ގޮތުން ތައްޔާރުކުރިއިރު، އެމަނިކުފާނުގެ ރޯހައުސްގައި ދިރިއުޅުނު މީހުންގެ ކުއްޔާއި ބައްޕާފުޅުގެ ފަރާތުން ވާރުތަވީ މުދަލާގުޅޭ މައުލޫމާތު ވެސް އެ ރިޕޯޓުގައި ހިމަނާފައި އޮތްކަންފާހަގަކުރައްވައި ރައީސް ވިދާޅުވީއުޅެއުޅެ ވެސްއެ މަނިކުފާނާ ދެކޮޅަށް ކަމެއް ނުފެނުނު ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަކީ އިދިކޮޅުން އެ މަނިކުފާނު ކުރެއްވި ކަމަށް އުންމީދު ކުރާފަދަ ކަންކަން ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދެރައެއް ލިބޭ ޒާތުގެ، އަދި ގާނޫނާއި ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ދުވަހަކު ވެސް ނުކުރައްވާނެ ކަމުގެ ޔަގީންކަންރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-