-Advertisement-

-Advertisement-

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 287،462 ކަރުދާސްކޮޅު ޗާޕުކޮށްފި

އަންނަ ހަފުތާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާހުގެ މައުލޫމަތު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބުގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް މިހާރު ޗާޕުކޮށްފައިވާ ކަމަށާއި، އަދި އެ ވޯޓުކަރުދާސް ޗާޕްކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ކަަމަށެވެ.

އެގޮތުން 93 ދާއިރާއަށް ބޭނުންވާ 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 284،663 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.
މަޖިލިސް އިންތިހާބުގައި 368 ކެނޑިޑޭޓަކު ވާދަކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-