-Advertisement-

-Advertisement-

‎ރަސްމާލޭގެ އެއްބަސްވުން ބާތިލުކުރަން ޔާމީން ގޮވާލައްއިފި

ރައީސް ޔާމީން – ފޮޓޯ: ނިއުސްލެބް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއު ނުވަތަ ރަސްމާލޭގެ މަޝްރޫއުގެއެއްބަސްވުން ބާތިލުކުރަން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ޔާމީން މިކަމަށް ގޮވާލެއްވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ފުވައްމުލަކު ސިޓީއަށް އިއްޔެ ވަޑައިގެންސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައިއެވެ.

ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް ހުރަސް ނޭޅިކަމުގައި ވިޔަސް  ރަސްމާލެ ފަދަ މަޝްރޫއުތައް ހުއްޓާލަންޖެހޭކަމަށެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ އެ މަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މަސައްކަތް ކުރާނީރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށާއި އޭގެ ތެރެއިން މި ސަރުކާރުގެ އިސްވެރިންނާ ގުޅޭ ގޮތުން ފެންމަތިވާ އެކިއެކި މައްސަލަތަކުގައި ސަރުކާރު ޖަވާބުދާރީކުރުވާނެ ކަމަށެވެ.

ރަސްމާލެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ(ސީއެމްސީސީ)އާ ހަވާލުކޮށްފައި ވާއިރު، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން99 އަހަރަށް ކުއްޔަށް ދޭ ގޮތަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-