-Advertisement-

-Advertisement-

‎ރިޔާސީ އިންތިހާބުގައި ނިންމި ނިންމުމުގެ ފަހު މަރުހަލާ މާދަމާ ‎ނިންމައި ދިނުމަށް ރައީސް އެދިވަޑައިގެންފި

އީދު އަލި ފައްޓަވައި ދެއްވުމަށް ފަހު ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބުގައި ނިންމި ނިންމުމުގެ ފަހު މަރުހަލާ މާދަމާ ނިންމައި ދިނުމަށް ރައީސް މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް މިހެން ވިދާޅުވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ  އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނު ނިންމާލުމަށް މިއަދު ހަވީރު މާލޭގައި ބޭއްވިހިނގާލުމަށްފަހު، އާޓިފިޝަލް ބީޗުގައި ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅު ގައި އެވެ.

ރައީސް ވިދާޅުވީ ގައުމުގެ މިސްރާބު މުޅިން ނުބައި ދަނިކޮށް ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމީ އެގޮތް ކަމު ނުދާ ކަމަށް ނަމަވެސް، ގާނޫނުއަސާސީ ބައްޓަންވެފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހާ ނުލައި ގިނަ ކަންކަން ނުނިންމޭ ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މާދަމާއޮންނަ އިންތިހާބުގައި މިދިޔަ ނޮވެމްބަރު މަހު ފެށި މަސައްކަތުގެ އެއް މަރުހަލާ ކަޑައްތުކުރަންޖެހިފައިވާ ކަމަށެވެ.

މީގެ  އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ސީރިއަސް މަސައްކަތެއް ކުރުމަށް ކަމަށާއި ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ނަތީޖާނެރެދެވޭނީ ސަރުކާރު ތާއީދުކުރާ މެމްބަރުން މަޖިލީހަށް ހޮވައިގެން ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ މި ވަގުތު އޮތް އިދިކޮޅުން ތަކުރާރުކޮށް އިންޒާރުދީ ސަރުކާރަށް ޖެއްސުން ކުރަމުންދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައިސިޔާސީ ވާދަވެރިކަމުގައި ބަދަލު ހިފުމުގެ ރޫހު ދޫކޮށް، ގައުމަށާއި ރައްޔިތުން ބޭނުންވަނީ ހަމަޖެހުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-