20 ވަނަ ރައްޔިތުން މަޖިލިސްއަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އަންތިހާބުގައި ވޯޓްލާނަ ފަށައިފިއެވެ.
މިއަދުގެ އިންތިހާބުގެ ވޯޓްލާ ވަގުތަކީ ހެދުނު 8 އިން ހަވީރު 17:30 އަށެވެ. މި އިންތިހާބުގައި 602 ފޮށި ބަހައްޓާފައިވާ އިރުގައި މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284,663 އަށް ލިބިގެންވެއެވެ. ސިޔާސީ 8 ޕާޓީ އަކާއި އަމިއްލަގޮތުން މުޅި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ.
އީސީއިން ބުނެފައިވަނީ އެކޮމިޝަނުން ވަނީ އިންތިހާބައް ތައްޔާރުވެފައި ކަމަށާއި, ބޮޑު މައްސަލައެއް ނެތް ކަމަށެވެ. އަދި ހުރިހާ ބޭފުޅުންވެސް އަވަހަށް ވޯޓުލާން ދިއުމަށް އީސީއިން ވަނީ އިލްތިމާސްކޮއްފައިއެވެ.