-Advertisement-

-Advertisement-

‎މެލޭޝިއާގައި ވޯޓު ލާ މީހުންނަށް އެމްބަސީން މިފަހަރު ވެސް ހިލޭ ކެއުން ދެނީ

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުއަލަޕަމްޕޫރުގައި ބަހައްޓާފައިވާ ވޯޓުފޮށްޓަށް ވޯޓު ލާން ދާ މީހުންނަށް މެލޭޝިއާ އެމްބަސީންކެއުން ހަމަޖައްސައިދީފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކެއުން ދެމުން އަންނަނީފްރީ މީލްވައުޗާއެއްގެ ގޮތުގައިއެވެ.

މިދިޔަ އަހަރު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓު ލުން ކުރިއަށް ދިޔައިރު ވެސް، އެމްބަސީން މީލް ވައުޗާ ހަމަޖައްސައިދީފައިވެއެވެ.

މެލޭޝިއާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލުމަށް 708 މީހުން ރެޖިސްޓާ ވެފައިވާއިރު، އޭގެ ތެރޭގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ކައިރިގައުމުތައް ކަމަށްވާ ސިންގަޕޫރާއި ފިލިޕިންސްގައި ދިރިއުޅޭ ދިވެހިން ހިމެނެ އެވެ.

ރާއްޖެއިން ބޭރުގައި ބަހައްޓާފައި ވަނީ ތިން ވޯޓް ފޮއްޓެވެ. އެއީ މެލޭޝިއާ ފޮށީގެ އިތުރުން އިންޑިއާގައި ބެހެއްޓި ފޮއްޓާއި ލަންކާގައި ބެހެއްޓި ފޮއްޓެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-