-Advertisement-

-Advertisement-

‎އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނު ކެނޑިޑޭޓަކަށް ޝުޖާ

އިއްޔެ ބޭއްވުނު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދި ބޭފުޅާގެ ޝަރަފު ލިބިވަޑައިގަނެފައިވަނީ މީގެކުރިންވެސް ރައްޔިތުން މަޖިލީހުގައި އިންނެވި އިބްރާހިމް ޝުޖާއަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ބަރަށު ދާއިރާގެ ގޮނޑީގައި އިންނަވާ ފަރާތަކީ ޝުޖާ ކަން އިއްޔެގެ ނަތީޖާތަކުން ހާމަވެގެން ގޮސްފައިވާއިރު،  ޝުޖާ ވަނީދާއިރާގެ 83.46 އިންސައްތައިގެ ވޯޓު ކާމިޔާބުކުރައްވާ އެންމެ ބޮޑު އަގުލަބިއްޔަތަކުން މަޖިލިސް ކާމިޔާބުކުރެއްވި ފަރާތްކަމުގައިވެސް ވެފައެވެ.

ބާރަށު ދާއިރާއަށް މިފަހަރުގެ އިންތިހާބުގައި 03 ކެނޑިޑޭޓުން ވާދަ ކުރައްވާފައިވެއެވެ.

އެދާއިރާގައި 3483 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާއިރު 2442 މީހުންގެ ވޯޓު ލިބުނު ޝުޖާއާ އެންމެ ގާތުން ވާދަކުރި ކެނޑިޑޭޓަށް ލިބިފައިވަނީ އެންމެ 468 ވޯޓެވެ. އެއީ ވޯޓުގެ އެންމެ 15.99 އިންސައްތައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-