-Advertisement-

-Advertisement-

ކުރީގެ ފަނޑިޔާރު ޑީޑީ އަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލްގެ މަގާމެއް

ކުރީގެ ފަނޑިޔާރު ދީދީ

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލްގެ މަގާމު ދީފި އެވެ.

ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް ސާބިތުވެ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ނިންމާފައިވާ އަބްދުﷲ ދީދީ ލީގަލް ކައުންސެލްގެ މަގާމަށް އައްޔަންކޮށްފައިވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައިއެވެ.

އެ މަގާމަށް އަބްދުﷲ ދީދީ އައްޔަން ކޮށްފައިވާއިރު ، އޭނާއާ ގުޅޭ މައްސަލައެއް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި އެބަ އޮތެވެ.

އޭނާ އަށް ބޮޑެތި ތުހުމަތުތަކެއްކޮށް ޖޭއެސްސީ އިން އަބްދުﷲ ދީދީ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ މަޖިލީހުން 72 މެންބަރުންގެ ވޯޓާ އެކު ނިންމީ އޭނާ މަގާމުން ވަކިކުރާށެވެ.

އޭނާގެ މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަން ފަށާފައިވަނިކޮށް، މެލޭޝިއާ އަށް ވަޑައިގެންނެވި ގޮތަށް އެނބުރި ވަޑައިގެންނެވީ ކުރީގެ ސަރުކާރު ބަދަލުވުމާ އެކު އެވެ.

އަބްދުﷲ ދީދީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރު އަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-