ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭ ވަރަށް މެންބަރުން ހާޒިރުނުވުމުން ޖަލްސާ ކެންސަލްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ލައިވް ފެށުމަށް ހަމަޖެހިފައިވާ ގަޑި އަކީ 09:00 އަށް ވީ ނަމަވެސް ޖަލްސާގެ ލައިވް ފަށާފައިވެސް ވަނީ އޭގެ ބައި ގަޑިއިރު ފަހުންނެވެ.
9:30 ގައި ލައިވް ފެށުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވާތީ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
ރޯދައާއި އީދު ބަންދުގެ އިތުރުން މަޖިލިސް އިންތިހާބަށްްފަހު ޖަލްސާތައް ފެށީ އިއްުޔެ އެވެ. އިއްުޔެގެ ޖަލްސާއަށް ކޯރަމް ހަމަވެ މައްސަލަތައް ކުރިއަށް ވެސް ގެންގޮސްފައިވީ، ނަމަވެސް ބައެއް މެންބަރުން ވަނީ މި މަޖިލީހުގެ ގިނަ މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނެފައިވާތީ، މައްސަލަތައް މަޑުޖައްސާލަން އެދިފަ އެވެ.
މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ އަންނަ މަހުގެ 13 އަށެވެ. އާ މަޖިލިސް ހުވާ ކުރާނީ މެއި 28 ގަ އެވެ.