-Advertisement-

-Advertisement-

އަމިއްލަ ގޮތުން އިންތިހާބުވި ކެންޑިޑޭޓް މުހައްމަދު ރަޝީދުވެސް ޕީއެންސީއަށް

ނޮޅިވަރަމް ދާއިރާގެ އިންތިހާބީ ކެންޑިޑޭޓް މުހައްމަދު ރަޝީދު

އާދީއްތަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ، އިންތިޚާބު ކާމިޔާބުކުރެއްވި މުހައްމަދު ރަޝީދުވެސް ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

މިކަން ހާމަ ކުރައްވާ ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ނޮޅިވަރަމް ދާއިރާގެ ކެންޑިޑޭޓު މުޙައްމަދު ރަޝީދު ޕީއެންސީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.

މުހައްމަދު ރަޝީދު އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަޝްރަފް އާއި ވާދަކޮށެވެ. އަޝްރަފް އަށް 653 ވޯޓް ލިބިފައިވާއިރު މުހައްމަދު ރަޝީދަށް ލިބިފައިވަނީ 722 ވޯޓެވެ.

ނޮރިވަރަމް ދާއިރާގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 3316 މީހުން ތިބި ނަމަވެސް ވޯޓް ލާފައިވަނީ 2391 މީހުންނެވެ.

އިއްޔެ ވެސް މަޖިލީހަށް އަމިއްލަ ގޮތުން އިންތިހާބުވި  6 މެމްބަރުން ޕީއެންސީއަށް ސޮއިކުރައްވާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-