-Advertisement-

-Advertisement-

‎ތަންޒޭނިއާގައި ފެންބޮޑުވެ 155 މީހުން މަރުވެއްޖެ

ތަންޒޭނިޔާ އަށް ކުރި ވިއްސާރައިގައި ފެން ބޮޑުވެފައި. ފޮޓޯ: ސީއެންއެން

ތަންޒޭނިއާގައި ފެންބޮޑުވެ 155 މީހުން މަރުވެއްޖެއެވެ.

ތަންޒޭނިއާ އަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގައުމުގެ ވެރިރަށް ޑޮޑޮމާގައި ފެންބޮޑުވެފައިވާއިރު އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެކަމުގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި 155 މީހުން މަރުވެ 236 މީހަކަށް އެކިވަރުގެ އަނިޔާލިބިފައިވާއިރު، އަނިޔާވީ މީހުންނަށްހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

ތަންޒޭނިއާ އަށް އިއްޔެ ކުރި ވިއްސާރައިގެ މައުލޫމާތު އެގައުމުގެ ބޮޑުވަޒީރު ކާސިމް މަޖަލިވާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހިއްސާ ކުރައްވާފައިވީއިރު،

މިހާތަނަށް 200،000 މީހުންނަށް ސީދާ އަސަރު ކޮށްފައިވާ ކަމަށާއި 10،000 އަށްވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުންވެ ގިނަ ބަޔަކު ގެދޮރު ދޫކޮށްރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަންޒޭނިއާގެ އިތުރުން އެ ގައުމާ އިންވެގެން އޮންނަ ކެންޔާއަށްވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، މިހާތަނަށް 32 މީހުން ވަނީ މަރުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-