އެންމެ ބޮޑު ދެ ޕާޓީން ދާދި ފަހަކާ ޖެހެންދެން ކުރަމުން އައީ އާއިލީ ވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާލުވެއްޖެ އެވެ.
ރިކޯ މިހެން ވިދާޅުވެފައިވަނީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
އެޕޯސްޓުގައި އާއިލީ ވެރިކަން ދެމިގެންދާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރީކޯ ވިދާޅުވީ، ކޮންމެ ގޮތަކުން ވެސް ޕާޓީގެ ވެރިކަން އާއިލީ ބާރުވެރިކަމުގައި ބޭއްވުމަކީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ކުރައްވަމުން އައި ކަމެއް ކަމަށާއި، އެހެން ނަމަވެސް މި ފަހަރު ބަޔަކު އެއް ޕާޓީ މިނިވަންކޮށްފައިވާ ކަމަށެވެ.
2005ގައި ސިޔާސީ ޕާޓީ އުފައްދާ ޑިމޮކްރަސީއޭކިއެއްކަމަކު ބޮޑުދެޕާޓީގަ ދާދި ފަހަކާޖެހެންދެންކުރަމުންއައީ ޢާއިލީ ވެރިކަން.ކޮންމެވެސް ގޮތަކުންޕާޓީގެ ވެރިކަން ޢާއިލީ ބާރުވެރިކަމުގާ ބޭއްވުމަކީ ރ މައުމޫނާ ރނަޝީދު ކުރިކަންތަށް. މިފަހަރުބަޔަކު އެއްޕާޓީ މިނިވަންކޮށްފި
— Moosa Maniku (Reeko) (@ReekoMoosa) April 26, 2024
ހީވާ ގޮތުގައި ރީކޯ އެ އިޝާރާތް ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބާރު ޕީޕީއެމް/ޕީއެންސީން ކަނޑުވާލި ކަނޑުވާލުމަށެވެ.