-Advertisement-

-Advertisement-

ޑްރެގަން ފުރުޓް، ވަރަށް ފައިދާހުރި މޭވާއެއް

ޑްރެގަން ފްރުޓް ނުވަތަ ސްޓްރޯބެރީ ޕިއާގެ އަކީ ފަހަކަށް އައިސް ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޝްހޫރު ޓްރޮޕިކަލް މޭވާއެކެވެ. ގިނަ މީހުންނަށް މި މޭވާ ކަމުދަނީ އޭގެ ރީތިކަމުން ކަމަށްވީ ނަމަވެސް، ޑްރެގަން ފުރުޓަކީ އޭގައި ނިއުޓްރިއެންޓްސް، ޕްރީބަޔޮޓިކް ފައިބާސް އަދި އެހެނިހެން ސިއްހަތަށް ފައިދާހުރި މާއްދާތައް އެކުލެވޭ މީރު މޭވާއެކެވެ.

ތިރީގައި މި ހިމަނާލަނީ ޑްރެގަން ފުރުޓް އިން ހަށިގަނޑަށް ލިއްބައިދޭ ބައެއް ފައިދާއެވެ.

1. ޑްރެގަން ފުރުޓް އިން ލިއްބައިދޭ ނިއުޓްރިއަންޓްސް
ޑްރެގަން ފްރުޓަކީ ކެލޮރީސް މަދު ނަމަވެސް ކޮންމެހެން ބޭނުންވާ ވިޓަމިންތަކާއި މިނަރަލްސް ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ. މީގެ އިތުރުން ގިނަ އަދަދަކަށް ޑައިޓްރީ ފައިބަރ ވެސް މި މޭވާގައި އެކުލެވިގެންވެއެވެ. މީގެއިތުރުން ޑްރެގަން ފްރުޓަކީ ކެރޮޓިނޮއިޑްސް އަދި ބީޓާސައިނިން ފަދަ ފައިދާހުރި ޕްލާންޓް ކޮމްޕައުންޑްތަކުން މުއްސަނދި މޭވާއެކެވެ.

2. ދާއިމީ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ
ދިރާސާތަކުން ދައްކާ ގޮތުގައި އެންޓިއޮކްސިޑެންޓްގިނަ ކާނާގެ ސަބަބުން ހިތުގެ ބަލިތަކާއި ކެންސަރާއި ހަކުރު ބައްޔާއި އާތުރައިޓިސް ފަދަ ދާއިމީ ބަލިތަކުން ދުރުކޮށްދެއެވެ. އެންޓިއޮކްސިޑެންޓްސް މަސައްކަތް ކުރަނީ ފްރީ ރެޑިކަލްތައް ނިއުޓްރަލައިޒްކޮށް، ސެލްތަކަށް ލިބޭ ގެއްލުމާއި އިންފްލެމޭޝަން ހުއްޓުވައިގެންނެވެ. ފްރީ ރެޑިކަލްސް އަކީ ސެލްތަކަށް ގެއްލުންދޭ، އިންފްލެމޭޝަން އާއި ބަލިތަކަށް މަގުފަހިކޮށްދޭ ހަމަނުޖެހޭ މޮލިކިއުލްތަކެކެވެ. މިކަމުން އަރައިގަނެވޭނެ އެއް ގޮތަކީ ޑްރެގަން ފްރުޓް ފަދަ އެންޓިއޮކްސިޑެންޓް އެކުލެވޭ ކާނާ ކެއުމެވެ.

ޑްރެގަން ފްރުޓްގައި ގިނަ ބާވަތްތަކުގެ ބާރުގަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ވިޓަމިން ސީ، ބީޓާ ކެރޮޓީން، ލައިކޯޕީން އަދި ބެޓަލައިން އެކުލެވިގެންވެއެވެ. އެންޓިއޮކްސިޑެންޓްގިނަ ކާނާއަކީ ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމާއި ގުޅިފައިވާ އެއްޗެކެވެ.

3. ފައިބަރ
ޑްރެގަން ފުރުޓަކީ އޭގައި ގިނަ އަދަދެއްގެ ފައިބަރ އެކުލެވިގެންވާ މޭވާއެކެވެ. ޑައެޓްރީ ފައިބާސް އަކީ ހަޖަމު ނުކުރެވޭ ކާބޯހައިޑްރޭޓްސްއެވެ. ކޮންމެ މީހަކަށްވެސް ދުވާލެއްގެ މައްޗަށް ވަކި މިންވަރަކަށް ފައިބަރ ބޭނުންވާއިރު، ސިއްހީ އިދާރާތަކުން ލަފާ ދެއްވަނީ އަންހެނަކަށް ދުވާލަކު 25 ގްރާމް އަދި ފިރިހެނަކަށް 38 ގްރާމް ފައިބާ ބޭނުންވާ ކަމަށެވެ. ބައެއް އޮބްޒަވޭޝަނަލް ދިރާސާތަކުން ދައްކާ ގޮތުގައި ފައިބަރު ގިނަ ކާނާގެ ސަބަބުން ކޮލޯން ކެންސަރުން ރައްކާތެރިކޮށްދެއެވެ. ވީމާ، ކެއުމުގައި ހިމަނަންޖެހޭ މިފަދަ މިންގަނޑުތަކަށް ފެތޭނެހެން ކާލުމަށް ޑްރެގަން ފުރުޓަކީ ވަރަށް ރަނގަޅު މޭވާއެކެވެ.

4. ހަޖަމްކުރުމުގެ ނިޒާމް ދުޅަހެޔޮކުރުން
ޑްރެގަން ފްރުޓްގައި ޕްރީބަޔޮޓިކްސް އެކުލެވިގެންވާތީ، މިއީ ބަނޑުގައި ހުންނަ ރަނގަޅު ބެކްޓީރިއާތަކުގެ ބެލެންސް ރަނގަޅުކޮށްދޭ އެއްޗެކެވެ. ޕްރީބަޔޮޓިކްސް އަކީ ބަނޑުގައި ސިއްހަތަށް ފައިދާހުރި ބެކްޓީރިއާތައް އުފެދުމަށް މަގުފަހިކޮށްދޭ ވަކި ވައްތަރެއްގެ ފައިބަރެކެވެ. ޕްރީބަޔޮޓިކްސް ގެ ސަބަބުން ރަނގަޅު ބެކްޓީރިއާތައް އުފެދުމަށް މަގުފަހިކޮށްދޭތީ، ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި ގަވާއިދުން ޕްރީބަޔޮޓިކްސް ކެއުމުން ހަޖަމުކުރުމުގެ ނިޒާމަށް އިންފެކްޝަން ޖެހުމާއި ޑައިރިއާ ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

5. ހަށިގަނޑުގައި ދަގަނޑުގެ މިންވަރު އިތުރުކުރުން
ޑްރެގަން ފްރުޓަކީ ދަގަނޑު އެކުލެވޭ މަދު ތާޒާ މޭވާތަކުގެ ތެރޭގައި ހިމެނޭ މޭވާއެކެވެ. މުޅި ހަށިގަނޑުގައި އޮކްސިޖަން އުފުލުމުގައި އާއި ކާބޯތަކެތި ހަކަތައަށް ބަހާލުމުގައި ވެސް ދަގަނޑު، މުހިންމު ދައުރެއް އަދާކުރެއެވެ. ހިތާމައަކީ ގިނަ ބަޔަކަށް ބޭނުންވާ ވަރަށް ދަގަނޑު ނުލިބުމެވެ. ހަގީގަތުގައި ދުނިޔޭގެ އާބާދީގެ 30 އިންސައްތަ މީހުން ނަކީ ދަގަނޑު މަދު މީހުން ކަމަށް އަންދާޒާ ކޮށްފައިވާއިރު، މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ނިއުޓްރިއަންޓް މަދުވާ އެއް ސަބަބެވެ. ޑްރެގަން ފްރުޓަކީ ދަގަނޑުގެ ބައި ގިނަކުރުމަށްޓަކައި ކެއުމަށް ރަނގަޅު މޭވާއެކެވެ. ޑްރެގަން ފުރުޓްގެ އެއް ސާވިންގައި ގާތްގަނޑަކަށް ރިކޮމެންޑެޑް ޑެއިލީ އިންޓޭކް (އާރްޑީއައި) ގެ 8 ޕަސެންޓް އެކުލެވިގެންވެއެވެ.

މޭވާ ކެއުމުގައި ކޮންމެވެސް ވައްތަރެއް އިތުރުކުރެވޭނެ ގޮތެއް ހޯދާނަމަ ޑްރެގަން ފްރުޓަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ މީރު ބާވަތެކެވެ. ޑްރެގަން ފްރުޓަކީ ތައްޔާރުކުރަން ވަރަށް ފަސޭހަ މޭވާއެކެވެ. ޑްރެގަން ފުރުޓް ވަކިން ކެއުމުގެ ބަދަލުގައި ސެލެޑް، ސްމޫތީ އަދި ޔޯގަޓްގެ ތެރެއަށް އަޅައިގެންވެސް ޑްރެގަން ފުރުޓް ކެވިދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-