-Advertisement-

-Advertisement-

ގްރީން ޓީ ބޯންވީ މިހެން

ގްރީން ޓީ އަކީ އޭގެ ރަހައިގެ އިތުރުން ސިއްހަތަށް ލިބޭ ގިނަ ފައިދާތަކުގެ މައްޗަށް އަހަރުމެންގެ ތެރޭގައި އެންމެ މަގުބޫލު އެއް ބުއިމެވެ. އަލަށް ގްރީން ޓީ ޓްރައިކުރާ ފަރާތެއްނަމަ ނުވަތަ ފަށަން ކުރަން ބޭނުންނަމަ، ނުވަތަ އައިޑިއަލް އަށް ވުރެ ކުޑަ ޕްރީ އެކްސްޕީރިއަންސަކަށް ފަހު އަނެއްކާ ވެސް ޓްރައި އެއް ދޭން ބޭނުން ނަމަ، ގްރީން ޓީގެ ރަހަ އާއި ސިއްހަތަށް ލިބޭ ފައިދާތައް އެންމެ ފުރިހަމަ އަށް ކޮށްދޭނެ ރަނގަޅު ޓިޕްސްތަކެއް މި ލިޔުމުގައި މިވަނީ ލިސްޓުކޮށްފައިއެވެ.

ދުވާލަކު ގާތްގަނޑަކަށް 3 ތަށި ގްރީން ޓީ ބުއިން
ގްރީން ޓީއަކީ ސިއްޙީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް ކުރާ އެއްޗެކެވެ. މިއީ ހިތުގެ ބަލިތަކާއި ހަކުރު ބައްޔާއި ފުރަމޭގެ ބަލިތަކާއި އޮބެސިޓީ އަދި ބައެއް ކެންސަރުޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ގިނަ ޑައެޓީޝަނުން ދެކޭގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހަކަށް، ދުވާލަކު 2އާއި 5 ތަށި ގްރީން ޓީ ބޮވިދާނެއެވެ. ނަމަވެސް އެންމެ ރަނގަޅު މިންވަރަކީ 3 ތަށްޓެވެ. ނަމަވެސް މާބަނޑު މީހެއް ނަމަ، ނުވަތަ ސިއްހީ މައްސަލައެއް ހުންނަ ފަރާތެއް ނަމަ ޑޮކްޓަރުންގެ ލަފައާއި އިރުޝާދު ހޯދުމަކީ މުހިންމު ކަމެކެވެ.

ހުސް ބަނޑާ ގްރީން ޓީ ބުއިމާއި ދުރުވުން
ގްރީން ޓީގެ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ހިމެނޭ އެއް ސައިޑް އިފެކްޓަކީ ބަޑުގައި ވައިހެދި ބަނޑު ހާސްވުމެވެ. މިގޮތަށް ދިމާވަނީ މި ބުއިމުގައި ހުންނަ ޓެނިންތަކުގެ ސަބަބުން ދިމާވާ ކަމެކެވެ. މިއީ ހުސް ބަނޑުގައި ގްރީން ޓީ ބުއިމުން ދިމާވާނެ ކަމެއް ކަމަށް ބެލެވެއެވެ. ނަމަވެސް ކެއުމަކާއެކު ގްރީން ޓީ ބުއިމަކީ ދަގަނޑު ފަދަ މުހިންމު ނިއުޓްރިއެންޓްސްތައް ހިފެހެއްޓުމަށް ހުރަސް އެޅިދާނެ ކަމެކެވެ. އެހެންވީމާ، އެންމެ ރަނގަޅު ގޮތަކީ ކެއުމުގެ ދެމެދުގައި ގްރީން ޓީ ބުއިމެވެ. ނުވަތަ ގްރީން ޓީ އާއިއެކު ލުއި ނާސްތާއެއް ކެވިދާނެއެވެ.

ރޭގަނޑު ގްރީން ޓީ ނުބުއިން
ގްރީން ޓީއަކީ ވަރަށް މަދުން ނަމަވެސް ކެފެއިން އެކުލެވިގެންވާ އެއްޗެކެވެ. މިންވަރުން ބަލާނަމަ ކަޅު ސައިތަށްޓެއްގެ ދެބައިކުޅަ އެއްބައިގައި ހުންނަ މިންވަރަށް، އަދި ކޮފީ ތަށްޓެއްގެ ހަތަރުބައިކުޅަ އެއްބައިގައި ހުންނަ މިންވަރަށް ގްރީން ޓީގައި ކެފެއިން ހުރެއެވެ. ވީމާ، ނިދުމުގެ ވައްޓަފާޅިއަށް އަސަރުކޮށްފާނެ ކަމަށްޓަކައި ރޭގަނޑު ލަސްވުމަށްފަހު ގްރީން ޓީ ބުއިމުން ދުރުހެލިވުން ރަނގަޅެވެ.

ގްރީން ޓީ ކޮންމެހެން ހިތިކޮށް ބޯކަށް ނުޖެހޭ!
ޔަގީނުން ވެސް ބައެއް މީހުން އެމީހުންގެ ގްރީން ޓީ އަށް ލޯބިކުރަނީ އެޔަށް އެއްވެސް އިތުރުކުރުމެއް ނެތިއެވެ. ނަމަވެސް، ގްރީން ޓީ ކޮންމެހެން ހިތިކޮށް ބޯކަށް ނުޖެހެއެވެ. އެމީހަކަށް ކަމުދާ ގޮތަކަށް ސްވީޓްނަރ، ކިރު ނުވަތަ ފްލޭވާއެއް އަޅައިގެން ގްރީން ޓީ ބޮވިދާނެއެވެ. މިކަމާއި ކަންބޮޑުވާން ޖެހޭ “ގްރީން ޓީ ޕޮލިސް” އެއް ނެތެވެ!

ގްރީން ޓީއަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ކޮށްދޭ އަދި ކެންސަރާއި ހިތުގެ ބަލިތަކާއި އިންފްލެމޭޝަން އަދި ލޭގެ ޕްރެޝަރު ބޮޑުވުމުން ވެސް ރައްކާތެރިކޮށްދޭ އެއްޗެކެވެ. ނަމަވެސް ޞިއްޙަތާއި ދުޅަހެޔޮކަމަކީ ބެލެންސް ހޯދުމާއި ދެމެހެއްޓުމެވެ. ޞިއްޙީ ފައިދާތައް ހޯދުމަށާއި، އެކަމުގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި، މެދުމިނުގައި ގްރީން ޓީ ބޭނުންކުރާށެވެ. މިގޮތަށް އަމަލުތައް ބެހެއްޓޭނަމަ ގްރީން ޓީ ބުއިމަކީ އަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރަނގަޅު އާދައަކަށް ވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-