-Advertisement-

-Advertisement-

ތުރުކީއަށް ކުރިމަތިވަމުންދާ ވިއްސާރަ – ހޫނު ގަދަ ދުވަސްތަކަކަށް ފަހު ކުޑަ ހިތްހަމަޖެހުމެއް.

ތުރުކީގެ ބޮޑު ހިސާބަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް އެ ގައުމުގެ ސްޓޭޓް މީޓިއޮރޮލޮޖީ ސާވިސަސްއިން ހާމަކޮށްފިއެވެ.

ސްޓޭޓް މީޓިއޮރޮލޮޖީ ސާވިސަސްގެ އެންމެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ކުރެވެނީ ސެންޓްރަލް އެނަޓޯލިއާ، މެޑިޓެރޭނިއަން ރީޖަން އަދި އުތުރު އެނަޓޯލިއާގެ ހިސާބުތަކަށެވެ.

ގުގުރުމާއި ބޯކޮށް ވާރޭ ވެހުމުގެ ދުވަސްތަކެއް ތުރުކީއަށް ކުރިމަތިވެފައިވާ އިރު ނިމިގެން މި ދިޔައީ ތުރުކީގެ ހޫނުމިން ރިކޯޑު އަދަދަކަށް ބޮޑުވި ދުވަސްތަކެކެވެ. އެގޮތުން 2023 ވަނަ އަހަރު އެ ގައުމުގެ ޓެމްޕަރޭޗަރ އެންމެ މައްޗަށް ދިޔަކަމަށް ދިރާސާތަކުން ދައްކަނީ 50 ޑިގްރީއަށެވެ. ސައިންޓިސްޓުން ލަފާކުރާ ގޮތުގައި މި ހިނގާ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައި އެ ގައުމުގެ ހޫނުމިން މިއަށް ވުރެ މައްޗަށް އަރާފާނެއެވެ.

މޫސުމަށް މި އަންނަ ބަދަލުތަކުގެ ސަބަބުން ތުރުކީއަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ. އެގޮތުން ކުރިއަށް އަންނަން އޮތް ހޫނު މޫސުން ދިގުލައިގެން ގޮސް އެ ގައުމުގެ މީހުނަށް ފެން ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމަށް އެ ފަރާތްތަކުން ހާމަކުރެއެވެ. މިކަމުގެ ނުރައްކާ އެންމެ ބޮޑީ ސެންޓްރަލް އެނަޓޯލިއާގެ ހިސާބުތަކަށެވެ.

ތުރުކީއިން އިތުރަށް ކުރިމަތިލަމުން އަންނަ ބިރަކީ އަގްރީގެ މައުންޓް އަރާރަތް ސަރަހައްދުން ސްނޯގެ އަސަރު މި ހިނގާ 21 ވަނަ ގަރުނު ނިމުމުގެ ކުރިން އެއްކޮށް ފިލައިގެން ހިނގައިދާނެކަމުގެ ބިރެވެ.

މި ވަގުތު ތުރުކީއަށް މި ކުރާ ވިއްސާރަ ދެމިއޮންނާނެ ކަމަށް ލަފާކުރެވެނީ މި މަހުގެ 5ގެ ނިޔަލަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-