-Advertisement-

-Advertisement-

ރާއްޖޭގައި އޮތް ޗައިނާގެ ބޯޓާއި މެދު ސަމާލުވާނަން: އިންޑިޔާ

ޗައިނާގެ ކަނޑުގެ ދިރާސީ ބޯޓެއް

ރާއްޖޭގައި ބަނދަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނާ ޗައިނާގެ ކަނޑުގެ ދިރާސީ ބޯޓާއިމެދު ސަމާލުވެގެން ތިބި ކަމުގައި އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާއިން އިއްޔެ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވަނީ އަވަށްޓެރި ގައުމުތަކުގައި ހިންގަމުން އަންނަ އިންދިޔާގެ ދާޚިލީ އަދި އިގްތިޞާދީ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކަންކަމމާއި މެދު އިންޑިޔާއިނ ްއަބަދުވެސް ތިބޭނީ ސަމާލުވެ ރައްކާތެރިވެގެން ތައްޔާރަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމަސް ވަޑައިގަތުމާއެކު ޚާރިޖީ ބޮޑެތި ބަދަލުތަކެއް އައި އިރު އިންޑިޔާ ފަސްޓް ޕޮލިސީ ދޫކޮށްލައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

މި މަސައްކަތުގެ ދަށުން ރާއްޖޭގައި ތިބި އިންޑިޔާގެ ހުރިހާ ސިފައިންނެއް މި މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފައިވާނެކަމުގައި ސަރުކާރުން ބުނެއެވެ.

އެގޮތުން މި ސަރުކާރުން ބުނަމުން އަންނަނީ ވަކި ގައުމެއް އިސްކުރުމުގެ ޕޮލިސީތައް ދޫކޮށްލައި ދެން ރާއްޖެއިން ގެންގުޅޭނީ މޯލްޑިވްސް ފަސްޓް ޕޮލިސީ ކަމުގައެވެ.

އެހެން ނަމަވެސް ރާއްޖޭގެ ޚާރިޖީ ކަންކަން ޗައިނާ ފަސްތް ޕޮލިސީއާއި ދިމާއަށް ދާން އުޅޭކަމުގައި ބުނެ އިންޑިޔާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-