-Advertisement-

-Advertisement-

ގަދަ ހޫނުގައި އެންމެ ރަނގަޅީ ކޮންކަހަލަ ހިޖާބެއް؟

ހިޖާބް ނުވަތަ ބުރުގާ އަކީ އަހަރެމެންނަށް ވަރަށް ޕާސަނަލް އެއްޗަކަށްވާއިރު، މިހާ ހޫނުގަދަ ދުވަސްވަރެއްގައި ހިޖާބް އަޅާ ފަރާތްތަކުން ވިސްނަންޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ. ރާއްޖޭގެ ފިނިހޫނުމިން އާންމުކޮށް މިދުވަސްވަރު ހުރީ 32 ޑިގްރީ ސެލްސިއަސްގައި ކަމަށްވާއިރު، ހިޖާބް އެޅުމުގައި ރަނގަޅު މެޓީރިއަލް އެއް ހޯދުމާއި އިތުރަށް ހޫނު ނުވާނެ އަދި ވައި ދައުރުވާ، ދާހިއްލާ މިންވަރު ކުޑަކޮށްދޭ ހިޖާބެއް އިޙްތިޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ލިޔުމުގައި މި ހިމަނާލަނީ ހިޖާބް އަޅާ ފަރާތްތަކުން މިދުވަސްވަރު ފަރުވާތެރިވާންޖެހޭ ކަންތައްތަކެވެ.

1. އެކްރެލިކް ފޮތީގެ ހިޖާބް ބޭނުންނުކުރުން
އެކްރެލިކް ފޮއްޗަކީ އޭގައި ޕޮލިމަރ ހިމެނޭ އެއްޗަކަށްވުމާއިއެކު، ހޫނުގަދަ ދުވަސްވަރެއްގައި ބޭނުންކުރުމަށް މިއީ އެންމެ ރަނގަޅު ހިޖާބަކަށް ނުވެދާނެއެވެ. ވީމާ، އެކްރެލިކްގެ ބަދަލުގައި ހޫނު ދުވަސްވަރު ޝިފޯން ހިޖާބް ބޭނުންކުރުމަކީ މޮޅު ގޮތަކަށް ވާނެއެވެ.

2. އެކްސެސަރީސް ބޭނުން ކުރުން
ހޫނުގަދަ ތަންތާގައި އުޅުމަށް ރަނގަޅު ހިޖާބް މެޓީރިއަލް އެއް ހޯދުމުގެ އިތުރުން ގިނަ ވަގުތު އަވީގައި އުޅުންޖެހޭނަމަ، ތޮފި ކަހަލަ އެކްސެސަރީ އެއް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ތޮއްޕަކީ ޑިޒައިން ކޮށްލަން ފަސޭހަ އެއްޗަކަށްވާއިރު މިއީ ތަފާތު ހެދުންތަކާއިއެކު ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

3. ގިނައިން ޖާޒީ ފޮތީގެ ހިޖާބް ބޭނުންކުރުން
ޖާޒީ މެޓީރިއަލް އަކީ ހިޖާބްގެ ގޮތުގައި ބޭނުންކުރުމަށް ވަރަށް ރަނގަޅު މެޓީރިއަލްއެކެވެ. ލުއި ފޮއްޗަކަށް ވުމުގެ އިތުރުން ޖާޒީ ފޮއްޗަކީ ދެމޭ ފޮއްޗަކަށްވާތީ މިއީ ޕިންޖަހަން ނުޖެހޭ އަދި ހޫނުވާ މިންވަރު ކުޑަކޮށްދޭ އަރާމު މެޓީރިއަލްއެކެވެ.

4. ޕޮލިސްޓަރު ހިޖާބް ބޭނުންނުކުރުން
ޕޮލިސްޓަރގެ ވައްތަރުތަކުގެ ތެރެއިން ރެޔޮން އަދި ވިސްކޯސް އަކީ ވައި ބޭރުނުވުމުގެ ސަބަބުން އިތުރަށް ހޫނުވާ މެޓީރިއަލްތަކެކެވެ. އަދި މިފަދަ މެޓީރިއަލް އެއް ގަދަ ހޫނުގައި ބޭނުންކުރާނަމަ ގިނަ ވަގުތު ދަލާއިއެކު ހުރުމުން އިސްތަށިގަނޑުގެ ތެރެއާއި ހަންގަނޑުގެ އެކި މައްސަލަތައް ދިމާވުމަށްވެސް މަގުފަހިވެގެންދެއެވެ.

5. ހިޖާބް ލޭޔަރ ނުކުރުން
އަޅުގަނޑުމެން އެންމެންވެސް ރީތި ޑިޒައިންތަކަށް ހިޖާބް އެޅުމަށް ލޯބިކުރަމެވެ. ނަމަވެސް، ހޫނުދުވަސްވަރު ގިނަ ލޭޔަރތަކަކަށް ހިޖާބް އެޅުމަކީ އުނދަގޫ އަދި ގެއްލުން ލިބޭނެ ކަމަކަށް ނޫނީ ނުވާނެއެވެ. މިގޮތަށް ލޭޔަރ ކުރުމުގެ ބަދަލުގައި ރަނގަޅު މެޓީރިއަލްއެއްގެ ސްކާރފް އެއް ބޭނުންކުރެވިދާނެއެވެ.

ރާއްޖޭގައިވެސް މިހާރު ތަފާތު މެޓީރިއަލްގެ ހިޖާބް ލިބެން ހުންނައިރު ފަރުވާތެރިވާންވީ ކަމަކީ އެކި މީހުނަނަށް ހޫނުވާ މިންވަރު ތަފާތުވާނެ ކަމާއި އެކި މީހުންނަށް ކަމުދާ ހިޖާބްތައްވެސް ތަފާތު ވާނެކަމެވެ. އެކަމަކު ހަމައެކަނި ރަނގަޅު ހިޖާބެއް ހޯދުމަކުން ނިމުނީއެއް ނޫނެވެ. ގިނައިން ފެން ބޮއެ މިހާ ހައިޑްރޭޓްވެފައި ހުރުން، އަދި ވައި ދައުރުވާ ކަހަލަ ގަޔަށް ދޫ ހެދުން ލުމާއި ހިޖާބް އެޅުމުގައި ފަސޭހަ ގޮތެއް ހޯދުންވެސް މުހިއްމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-