-Advertisement-

-Advertisement-

ޑާކް ޗޮކްލެޓަކް ކެއުމުން ވާގޮތް އިނގޭތަ؟

ޗޮކްލެޓަކީ އާންމުކޮށް ގިނަ މީހުންނަށް ކަމުދާ، އޭގެން ލިބިގެންދާ އުފާވެރިކަމާއި، މީރު ރަހައިން ގިނަބަޔަކު ލޯބިކުރާ އެއްޗެކެވެ. އެގޮތުން ހަށިގަނޑަށް ނުހަނު ފައިދާހުރި އެއްޗަކަށްވުމާއިއެކު، ޑާކް ޗޮކްލެޓަކީ، ޗޮކްލެޓްގެ ތެރެއިންވެސް ޙާއްސަ މަޤާމެއް ދެވޭ އެއްޗެކެވެ. ސަބަބުތައް ބައިވަރެވެ. މިސާލަކަށް ޗޮކްލެޓްގެ އެހެނިހެން ވައްތަރުތަކާއި އަޅާބަލާއިރު މިއީ ކޮކޯގެ މިންވަރު އިތުރު، އަދި ހަކުރު މަދު އެއްޗެކެވެ. އޭގެ ސަބަބުން ސިއްހީ މާހިރުންނާއި ކެއުމުގައި ވަކި އާދަތަކެއ ގެންގުޅޭ އަދި ނިއުޓްރިއެންޓްސް އަށް ބަލައިގެން އުޅޭ ހުރިހާ ފަރާތްތަކަށް ވެސް ކަމުދާ ބާވަތެކެވެ.

ޑާކް ޗޮކްލެޓްން ލިއްބައިދޭ ބައެއް ފައިދާތައް:

1. ހިތުގެ ސިއްޙަތު ރަނގަޅުކުރުން
ޑާކް ޗޮކްލެޓަކީ އެގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހިތުގެ ސިއްހަތަށް ރަނގަޅު މާއްދާތައް އެކުލެވޭ އެއްޗެކެވެ. ސިއްހީ މާހިރުން ލަފާ ދެއްވާ ގޮތުގައި ޤަވާއިދުން އާދައިގެ މިންވަރަކަށް ޑާކް ޗޮކްލެޓް ބޭނުންކުރުމަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަވާކަމެކެވެ. އެއީ ޑާކް ޗޮކްލެޓްގައި ހިމެނޭ މައްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރ ދްސްކޮށްދީ، ލޭ ދައުރުވުން ރަނގަޅުކޮށް، އޭގެ ސަބަބުން ކޮލެސްޓްރޯލްގެ ރަނގަޅު މާއްދާކަމުގައިވާ އެޗް.ޑީ.އެލް އިތުރުކޮށްދޭ އަދި އަދި ކޮލެސްޓްރޯލްގެ ހަށިގަނޑަށް ގެއްލުންވާ މާއްދާ، އެލް.ޑީ.އެލް އުފެއްދުން މަދުކޮށްދޭތީއެވެ.

2. ސިކުނޑީގެ މަސައްކަތް ރަނަގަޅުވުން
ދިރާސާތަކުން ދައްކާ ގޮތުގައި ޑާކް ޗޮކްލެޓްގައި ހިމެނޭ ފްލެވަނޯލްސް މާއްދާ އަކީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދޭ އޭގެ ސަބަބުން ނިއުރޯޕްރޮޓެކްޓިވް އަސަރުތަކެއް ކުރާ އެއްޗެކެވެ. މާނައަކީ ޑާކް ޗޮކްލެޓް ކާނަމަ، ހަނދާނާއި ސަމާލުކަން ރަނގަޅުވެ، އުމުރާއި ގުޅިގެން ސިކުނޑިއަށް އަންނަ ބަލިކަށިކަން ކުޑަކޮށްދެއެވެ. އޭގެ ސަބަބުން އާލްޒައިމާ ފަދަ ބަލިތަކުން މީހާ ދިފާއުކޮށްދީ ސިކުނޑީގެ ސެލްތައް މަރުވުމުނެ ނުވަތަ ހަލާކުވުމުން ޖެހޭ ނިއުރޯޑިޖެނެރޭޓިވް ބަލިތަކުން މީހާ ދުރުކޮށްދެއެވެ.

3. ދުޅަވުން ކުޑަކޮށްދިނުން
ޑާކް ޗޮކްލެޓްގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުން އޮކްސިޑޭޓިވް ސްޓްރެސް އާއި ދުޅަވުމާއި ދެކޮޅަށް މަސައްކަތްކުރެއެވެ. މިމާއްދާތަކުން އާތްރައިޓިސް އާއި ޓައިޕް2 ހަކުރު ބަލި ފަދަ ދިގުމުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން، ޑޮކްޓަރުންވެސް ޑާކް ޗޮކްލެޓް ކެއުމަށް އިލްތިމާސްކުރެއެވެ.

4. ވަކިމިންގަނޑަކަށް ބަރުދަން ހިފެހެއްޓުމަށް އެހީތެރިވުން
ޑާކް ޗޮކްލެޓަކީ އޭގައި ގިނަ އަދަދަކަށް ފައިބަރ އެކުލެވިގެންވާ އެއްޗެކެވެ. އަދި ޑާކް ޗޮކްލެޓްގައި ހިމެނޭ ފޮނި އަދި ލޮނު ރަހަތަކުން ސަރުބީ ގިނަ ކާނާ ކެއުމަށް ހަސިގަނޑުގެ ޝައުގުވެރިކަން ކުޑަކޮށްދެއެވެ. އެހެންކަމުން، ޑާކް ޗޮކްލެޓް ކެއުމުން ޖުމްލަ ހަށިގަނޑަށް ޖުމްލަގޮތެއްގައި ކެލޮރީ ލިބޭވަރު މަދުކުރުމަށް އެހީތެރިވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ބަރުދަން ބެލެހެއްޓުމުގައި ޑާކް ޗޮކްލެޓް މިގޮތުން އެހީތެރިވެއެވެ.

5. މޫޑް ރަނަގަޅުކޮށް ސްޓްރެސް ކުޑަކޮށްދިނުން
ޑާކް ޗޮކްލެޓްގައި ހިމެނޭ މެގްނީޒިއަމް އަކީ ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ، ސިއްހީ ބަހުރުވައިން ނަމަ، “ފީލް-ގުޑް ނިއުރޯޓްރާންސްމިޓަރ” ސެރެޓޮނިން އަށް ބަދަލުކުރުމުގައި މުހިއްމު ރޯލެއް އަދާކުރާ މާއްދާއެކެވެ. މީގެއިތުރުންވެސް ޑާކް ޗޮކްލެޓްގައި ހިމެނޭ ސެރެޓޮނިން ޕްރިކާސާ – ހަށިގަނޑުގައި ސެރެޓޮނިން ދައުރުކޮށްދޭ މާއްދާ ހިމެނޭތީ، މީހާގެ މޫޑް ރަނގަޅުކޮށް، ހާސްވުމުގެ އަލާމާތްތަކުން މީހާ ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

ޑާކް ޗޮކްލެޓަކީ އަހަރުމެންނަށް ފަސޭހައިން ލިބެން ހުންނަ އެއްޗަކަށްވެފައި، މިހައި ގިނަ ގުނަ ފައިދާތަކެއް އެކުލެވޭ އެއްޗަކަށް ވުމާއިއެކު، ބެލެންސްޑް ޑައިޓެއް އިޙްތިޔާރުކުރައްވާ ހުރިހާ ފަރާތްތަކަށްވެސް ޑާކް ޗޮކްލެޓް ކެއުމަކީ ފައިދާހުރި ކަމަކަށް ވެގެންދާނެއެވެ. ނަމަވެސް، ކޮންމެ އެއްޗެއް ހަށިގަނޑަށް ބޭނުންވާނެ މިންވަރު އަންދާޒާކޮށްގެން ކެއުމަކީ މުހިއްމު ކަމެކެވެ. ހަމައެގޮތުން ޑާކް ޗޮކްލެޓް ކެއުމުގައިވެސް މިކަމަށް ސަމާލުކަންދޭންވާނެއެވެ. ޗޮކްލެޓްގެ މާހިރެއް، އަދި އެތިކަލް ކްރާފްޓް ޗޮކްލެޓް ކުންފުނި – ކޮކޯ ރަނަރސްގެ ވެރިޔާ، ސްޕެންސަރ ހައިމަން ވިދާޅުވަނީ “ލެސް އިޒް މޯ” ގެ މިންގަނޑުން ޑާކް ޗޮކްލެޓް ކެއުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-