-Advertisement-

-Advertisement-

100 ގަޑި އިރުން ކުރެވޭނީ ކޮންކަމެއް؟

ދިވެހީން ސްމާޓް ވޮޗް ބޭނުންކުރަނީ ކީއްވެތޯ ބެލުމުން ފާހަގަކުރެވިފައިވަނީ ސިއްޙީ ގިނަ މަޢުލޫމާތު ރައްކާކުރެވި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފޭތީއެވެ. މީގެއިތުރުންވެސް، ހުރިހާ މުނާސަބުތަކާ ގުޅޭނެ ރީތި އަތުކުރީ ގަޑިއަކަށްވާތީވެއެވެ. ރަސްމީ ޙަފްލާއަކަށް ނުވަތަ ރަޙުމަތްތެރިންނާއެކު ކޮފީއަކަށް ދާން ތައްޔާރުވެލާކަމުގައިވިޔަސް ސްމާޓް ވޮޗް އަޅާލުމުން މީހާގެ ފުރިހަމަކަން ދައްކުވައިދެއެވެ.

މިފަދަ ތަފާތު އެކި ސްމާޓްވޮޗް ބާޒާރަށް ތަޢާރަފްވަމުން އަންނައިރު، ވަންޕްލަސް ވޮޗް 2 އަކީ ފަހުގެ ގަޑިތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޕްރީމިއަމް ޑިޒައިންއެކެވެ. އެ ކުންފުނީގެ ފްލެގްޝިޕް އާއިލާގެ ޕްރޮޑަކްޓްތަކާ ގުޅޭގޮތަށް، ސްމާޓް އަދި ކްލާސިކް ސްޓެއިންލެސް ސްޓީލް އިން ލަގްޒަރީ ސިފައަކަށް ފަރުމާ ކުރެވިފައިވާ މި ގަޑި ވަރުގަދަވެފައި ގިނަ ދުވަހު ގެންގުޅެވޭނެއެވެ.

ވަންޕްލަސް ވޮޗް 2 ގައި ސެފަޔަރ ކްރިސްޓަލް އިން ރައްކާތެރިކޮށްފައިވާ 1.43″ އެމޮލެޑް ޓަޗްސްކްރީން ޑިސްޕްލޭއެއް ހުންނާނެއެވެ. މިއީ ހަގީގަތުގައި ސްމާޓް ގަޢި ބޭނުންކުރާ ފަރާތްތަކަށް ވަރަށް އުފާވެރި ކަމެއް ކަމުގައިވާނެއެވެ. ވަންޕްލަސް އިން ބުނާ ގޮތުގައި، ރިފްރެޝް ރޭޓާއެކު 1،000 ނިޓްސް އާއި ހަމައަށް އަލިކަން ލިބިގެންދާނެ މި އެމޯލެޑް ސްކުރީން ބަލާލަން ފަސޭހަވެފައި ހިތްގައިމުވާނެއެވެ.

‘ވަގުތުގެ ބައިވެރިޔާ’ ގެ ގޮތުގައި މަޝްޢޫރުވެފައިވާ މި ވޮޗްގެ 500އެމްއޭއެޗްގެ ބެޓެރީއަށް ސްމާޓް މޯޑް އެނެބަލް ކޮށްފައި ހުރުމުން 100 ގަޑިއިރު (4 ދުވަހަށް ވުރެ ކުޑަ ދުވަސްކޮޅެއް) އަށް ދިގުދެމިގެންދާނެ ބެޓަރީ ލައިފް ހިފަހައްޓައެވެ.

މި ސްމާޓް ވޮޗް މިހާރު ސޮއްޓިބިޒް މޮބައިލް ފިހާރައިން ލިބެން އެބަހުއްޓެވެ. މީގެ އިތުރުންވެސް، ތަފާތު އެކި ވައްތަރުގެ ފޯނާއި އެސެސަރީސް މި ފިހާރައިން ލިބެން ހުރެއެވެ. ސޮއްޓިބިޒް ފިހާރައިގެ ނަންބަރު 7750004  އަށް ގުޅައިލުމުން ނުވަތަ ވެބްސައިޓަށް https://sottibiz.mv/ އަށް ވަދެލުމުން އަގުތަކާއެކު އިތުރު މަޢުލޫމާތު ލިބޭނެއެވެ.

މި ފިހާރައަށް އޯޑަރު ކޮށްލުމުން، މާލެ، ހުޅުމާލެ އަދި ބޯޓުތަކަށްވެސް ހިލޭޑެލިވަރީކޮށްދޭނެއެވެ. ސޮއްޓިބިޒް މޯބައިލް ފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-