-Advertisement-

-Advertisement-

ކޮއްކޮމެންގެ “ސުވާސާ ކިޑްސް” މިފަހަރުގެ ޢީދަށް ބޮޑު ސޭލެއްގައި!

ކޮންމެ އަހަރެއްގެވެސް ޢީދު މޫސުމާއި ޢީދު ދުވަސްވަރަކީ ކުޑަކުދިންނާއި ގުޅުން ހުރި ގިނަ އަދަދެއްގެ ވިޔަފާރި  ކުރަން ޖެހިފައި އޮންނަ ދުވަސްވަރެކެވެ. އަދި ގިނަ ފަހަރަށް މިފަދަ ވިޔަފާރީތަކަށް ޚާއްސަތަންތަން ހެޔޮ އަގުގައި ނުލިބުމުގެ ދަތިތަކާއި ކުރިމަތިވާލާންޖެހޭ ފަހަރުވެސް މަދެއް ނޫނެވެ.

އެހެން ނަމަވެސް ކުޑަކުދިންނާއި ގުޅުން ހުރި މިފަދަ ވިޔަފާރިތަކަށް ޚައްސަކޮށްގެން ހުޅުމާލޭގައި ހުންނަ “ސުވާސާ ކިޑްސް” އިން މި ފަހަރުގެ ޢީދާއި ކުރިމަތި ލަނީ ބޮޑެތި ޑިސްކައުންޓްތަކަކާ އެކުއެވެ.

“ސުވާސާ ކިޑްސް” އިން ލިބެން ހުންނަނީ ކޯންޗެއް؟

“ސުވާސާ ކިޑްސް” އިން ކުޑަކުދިންނާއި ގުޅުން ހުރި ގިނަ ބާވަތްތަކެއްގެ ކުޅެތަކެއްޗާއި ފައިވާން ބޫޓު އަދިވެސް ގިނަ ތަކެތި ލިބެން ހުރެއެވެ. އެގޮތުން އެކި އުމުރުގެ ކުދިންނަށް ޚާއްސަ މޫދަށް އެރޭ ރިންގާއި ކިޔަވަން ދަސްކުރާ ބްލޮކްސްގެ އިތުރުން ޕަޒްލް ފަދަ ތަކެތި އެކި އުމުރުތަކާއި ގުޅޭގޮތަށް ލިބެން ހުރެއެވެ.

މިވަރުންވެސް އަދި ނިންމާލެވޭކަށް ނެތެވެ. ކުރަހާ ކުލަޖައްސަން ބޭނުން ކުރަ ތަކެއްޗާއި މޫދަށް އެރޭ އިރު ބޭނުން ކުރަ ގޮގްލްސް މާސްކް އަދި ކިޑްސް ފިންސް ވެސް ލިބެން އެބަހުށްތެކެވެ. މި ނޫނަސް ކުޑަކުދިންނަށް ޚާއްސަ ކުޅޭ ތަކެތި ނަން ހުސްކޮށް “ސުވާސާ ކިޑްސް”  އިން ލިބެން ހުރެއެވެ.

“ސުވާސާ ކިޑްސް” އެންމެ ފާހަގަމި ކޮށްލެވެނީ ދިވެހި ކުޑަ ކުދިންގެ ތެރޭގައި ބޮޑު މަޤްބޫލުކަމެއް ހޯދައިފައިވާ، އަނބޮށްފުޅު ކާޓޫނާއި ހަމައިންނެވެ.

އަނބޮށްފުޅު ކާޓޫން ސީރީސްގެ ސްޕޮންސަރަކީ  “ސުވާސާ ކިޑްސް” އެވެ.

އެގޮތުން ކުޑަކުދިންގެ މެދުގައި ދިވެހި ބަހާއި ސަޤާފަތް  ދިރުވައި ޢާލާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އުފެދިގެން އައި މި ސީރީޒް އުފައްދައި ކުރިއެރުވުމަށް  “ސުވާސާ ކިޑްސް” އިން ވަނީ މި މުޅި ސީރީޒް ސްޕޮންސަރ ކޮށްފައެވެ.

ޢީދާއި ދިމާކޮށް  “ސުވާސްދީ ކިޑްސް” އިން ބޮޑު ސޭލްއެއް!

މި އަހަރުގެ އީދާއި ގުޅުވައިގެން “ސުވާސާ ކިޑްސް” އިން ބޮޑު ޢީދު ސޭލެއްވެސް ވަނީ ފަށައިފައެވެ. އެގޮތުން ޢީދުގެ މުނާސަބާއި ގުޅިގެން ފިހާރައިގައި ބައެއް ޚާއްސަ މުދާތަކުން 50 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބެން ހުންނާނެކަމުގައި  “ސުވާސާ ކިޑްސް” އިން ބުނެއެވެ.

“ސުވާސާ ކިޑްސް” ހުންނަނީ ކޮންތާކު؟

“ސުވާސާ ކިޑްސް” ގެ ފިހާރަ ހުންނަނީ ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި ހުންން ރީތި ފޮޓޯއާއި ޖެހިގެންނެވެ. އެއީ ބޮމްބޭ ދަރުބާރުގެ ފުރަގަހަށް ވާގޮތަށް އަހިގަސް މަގުގައެވެ.

މީގެ އިތުރުންވެސް “ސުވާސާ ކިޑްސް” ފިހާރައިން ވަރަށް ކައިރި މުސްތަޤްބަލެއްގައި ސެންޓާއި މާމެލާ މެލީގެ ބާވަތްތައް ވިއްކުމަށްވެސް އެ ފަރާތުން އަންނަނީ ތައްޔާރު ވަމުންނެވެ،

ޢީދާއި ގުޅުން ހުރި އަދިވެސް ކުޑަކުދިންނާއި ގުޅުން ހުރި ގިނަ ވިޔަފާރީތައް އެއްތަނަކުން ކޮށްލުމަށް “ސުވާސާ ކިޑްސް” އަކީ ނުގޮސް ދޫކޮށްލެވޭ ވަރުގެ ތަނެއް ނޫނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-