ޕީއެންސީގެ ރައީސްއަކަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
މިރޭ ބޭއްވި ޕީއެންސީގެ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސް އަކަށް ހަމަޖެއްސީ އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެވެ.
ޕާޓީގެ ރައީސް ކަމުގައި ކުރިން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ ޗެއާޕާސަން ކަމަށް ކަނޑައަޅައިފަ އެވެ.