-Advertisement-

-Advertisement-

‏ގޮތް ހުސްވެ، ބަރުލަމާނީގެ މަސައްކަތް ނަޝީދު މަޑުޖައްސާލައިފި

ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ކުރަމުން ޑިމޮކްރެޓްސް އިން އަންނަ މަސައްކަތް މިވަގުތަށް މަޑުޖައްސާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
‏އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައި، މިވަގުތު ޑިމޮކްރެޓްސްއާއި ނަޝީދު އެދިވަޑައިގަންނަވަނީ އެ މަސައްކަތް މަޑުޖައްސާލައި، މުއިއްޒަށް ވެރިކަން ކުރުމުގެ ފުރުސަތު ދެއްވުމަށް ކަމަށް ދަންނަވާފައިވާނެ ކަމަށް ނަޝީދު މިއަދު ވިދާޅުވި އެވެ.
‏ނަޝީދު ވިދާޅުވި ގޮތުގައި، ފަހުން ރަނގަޅު ވަގުތު ޖެހުމުން ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތެއް މުއިއްޒު ދެއްވެވި އެވެ.
މަސައްކަތް މަޑުޖައްސާލިއިރު، މުއިއްޒާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ބަރުލަމާނީއާ ދެކޮޅު ހަދައިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-