ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.
ގައުމީ މަޖިލީހުގެ ގިނަ ބޭފުޅުން ބަރުލަމާނީއާ ދެކޮޅު ހެއްދެވީ ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ބޮޑު ގެއްލުމެއް ދެއްވި ކަމަށް ބުނެ އެވެ.
ރައީސް ސޯލިހު ވެސް ވަނީ ވޯޓަކަށް ދާނަމަ، ރިޔާސީ ނިޒާމެއްގެ ކެމްޕެއިނަށް ނިކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ބަރުލަމާނީ އާ ދެކޮޅަށް ތެދުވުމަށް ފާސްކޮށްފައިވަނީ ގައުމީ މަޖިލީހުގެ 90 ޕަސެންޓު އިއްތިފާގުންނެވެ.