ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސްރިލީފް) އިން ހޮނިހިރު ދުވަހު ސައުދީން ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ކަނޑުމަގުން ދޭ ފުރަތަމަ ބެޗްގެ އެހީ ފޮނުވާލައިފި އެވެ.
1،050 ޓަނުގެ ކާބޯތަކެއްޗާއި ސިއްހީ ސާމާނާއި ބޯހިޔާވަހިކަމުގެ ތަކެތި ހިމެނޭ މި ޝިޕްމަންޓް މިސްރާބު ޖެހީ މިސްރުގެ ޕޯޓް ސައިދު ބަނދަރަށް ކަމަށާއި އެތަނުން އޭގެ ފަހުން ޣައްޒާއަށް ގެންދާނެ ކަމަށްވެއެވެ.
މި އެހީ އަކީ ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ދިނުމަށް ސައުދީގެ ރަސްކަމުގެ ފަރާތުން ހަމަޖައްސާފައިވާ ދަ ޕަބްލިކް ރިލީފް ކެމްޕައިން ފޯ ފަލަސްތީން ޕީޕަލް އިން ޣައްޒާ ގެ ބައެކެވެ. މި ރިލީފް ފަންޑް ކެމްޕޭނަށް މިހާތަނަށް 136 މިލިއަން ޑޮލަރު ލިބިފައިވެއެވެ.