-Advertisement-

-Advertisement-

ހިނގަންވީ ފަހަތަށް

ބައެއް ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ފަހަތަށް ހިނގުމަކީ ހަނދާން ވަރުގަދަވެ ބެލެންސްކޮށް ކޯޑިނޭޓް ކުރުމުގެ ގާބިލްކަން އިތުރުކޮށްދޭ ކަމެކެވެ. އާދަޔާ ހިލާފު ކަމެއް ނަމަވެސް އާ ކަމަކީ ފަހަތަށް ހިނގުމުން ބަނޑުގެ ސަރުބީ އަންދާލާކަމެވެ.

ފަހަތަށް ހިނގުމުން ހަށިގަނޑުގެ މައިގަނޑު މަސްތައް މަސައްކަތްކޮށް އެކްޓިވޭޓް ކުރުމަށް އެހީތެރިވެދީ އިތުރު ހަކަތަ ބޭނުން ކުރެއެވެ. މިއީ ކެލޮރީ އަންދާލުން އިތުރުކޮށްދީ ބަނޑުގައި ހުންނަ ސަރުބީ މަދުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ސަރުބީ އަންދާލުމުގެ އިތުރުން ފަހަތަށް ހިނގުމަކީ އެހެން މަސްތައް ބޭނުންކޮށްގެން ސްޓެބިލިޓީއާއި ބެލެންސް ހޯދުމަށް އެހީތެރިވެދޭ ކަމެކެވެ.

ފަހަތަށް ހިނގުމުގައި ސަމާލުކަން ދޭންވީ ކަންކަން
އެކަށީގެންވާ ނަތީޖާތަކެއް ހޯދުމަށްޓަކައި ބައެއް ކަންކަން ކުރުމާއި ބިންމައްޗަށް ވެއްޓުން ނުވަތަ އެއްވެސް ގެއްލުމަކަށް ހުށަހެޅިގެން ނުދިއުމަށް ތަޖުރިބާކާރުން ލަފާދެނީ، އަންނަނިވި ގޮތަށް ހިނގުމަށެވެ.
1- ހުޅުވިފައިވާ، ރައްކާތެރި ތަނެއްގައި ފަހަތަށް ހިނގުން ޕްރެކްޓިސް ކުރަން ފެށުން.
2- މަޑުމަޑުން ހަރަކާތްތެރިވުމާއި ވަށައިގެންވާ ސަރަހައްދުން އެއްހަމައެއްގައި ހުންނަ ތަންތަނުގައި ހިނގުމުގެ އިތުރުން ސްޕީޑް އިތުރު ނުކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

އެހެން ބާވަތްތަކުގެ ކަސްރަތުތަކާއެކު ގަވާއިދުން ފަހަތަށް ހިނގާ ބައެއް ހިމެނުމަކީ ޖުމްލަ ބަރުދަން ކޮންޓްރޯލް ކުރުމަށް ރަނގަޅު ސްޓްރެޓެޖީއެކެވެ. އެހެން ގޮތަކަށް ބުނާނަމަ ނަތީޖާ އަކީ ހަމައެކަނި ފަހަތަށް ހިނގުމަކަށް ނިސްބަތްވާ ކަމެއް ނޫނެވެ. ޙާޞިލުކުރަން ބޭނުންވާ މަޤްޞަދަށް ބެލުމަށްފަހު، ފަހަތަށް ހިނުމާއެކު ބައެއް ލުއި ނުވަތަ މެދުމިނުގެ ކަސްރަތުތައް ހިމެނިދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-