-Advertisement-

-Advertisement-

ކޮންމެ ހެނދުނެއްގައި ވެސް ދަރިވަރުން ކުރުން މުހިންމު 5 ކަމެއް!

ފްރީ ޕްރެސް ޖާނަލް ވެބްސައިޓުން ޝާއިއުކުރި އާޓިކަލްއެއްގައި ބުނާގޮތުގައި ދަރިވަރުން ކޮންމެ ހެނދުނެއްގައިވެސް މި 5 ކަންތައް އާދަކޮށް ކުރާނަމަ ކުއްޖާގެ އުފެއްދުންތެރިކަން އިތުރުވެ ސިކުނޑި އަބަދުވެސް ތާޒާކަންމަތީ ބަހައްޓައިދެއެވެ.

  1. އެނދު ތައްޔާރުކުރުން:

ހޭލެވުނުހާ އަވަހަކަށް އާ ދުވަހަކަށް ތައްޔާރުވުމަށްޓަކައި ކުއްޖާ ނިދާ އެނދު ރީތިކޮށް ތަންމަތި އަޅަން އިރުޝާދު ދޭށެވެ. މިފަދަ ކަންކަން ކުއްޖާ ކުޑައިރުއްސުރެއް ކުރުވާނަމަ މިކަމަކީ ކުއްޖާގެ ރަނގަޅު އާދަ އަކަށްވެގެން ދާނެއެވެ. އަދި މީގެ ސަބަބުން ކުއްޖާގެ ވަށައިގެންވާ މާހައުލަށް އިތުރަށް ސަމާލުކަންދެވި ހޭލުންތެރިވާނެއެވެ.

  1. ސްމާޓް ޑިވައިސްތަކުން ދުރުހެލިވުން:

ކުއްޖާ ހެދުނު އެންމެ ފުރަތަމަ ކުރާ ކަމަކަށް ފޯނު ނުވަތަ އެހެނިހެން ސްމާޓް ޑިވައިސްތައް ބެލުން ކަމުގައި ވާނަމަ ކުއްޖާ ހީވާގިވުމަށް ހުރަސްއެޅޭނެއެވެ. އެގޮތުން ނިދާ ހޭލައިގެންވެސް އެންމެ ފުރަތަމަ އިންސްޓަގްރާމް މެސެޖުތައް ކިޔުމާއި، ޔޫޓިއުބް ނުވަތަ ޓިކްޓޮކް ބެލުމުގައި ހޭދަކުރާނަމަ މުޅި ދުވަސް ހާސްކަމުގައި އުޅެންޖެހިދާނެ ކަމަށް ޤަބޫލުކުރެވެއެވެ. އަދީ މީގެ ސަބަބުން މުހިއްމު ވަގުތުތަކެއް ގެއްލިގެން ދެއެވެ.

  1. ކަސްރަތު ކުރުން

ހެނދުނު ކަސްރަތުކޮށް އިރުގެ އަލި ހަށިގަނޑަށް ލިބުމަކީ ހަށިގަނޑުގައި ވަރުޖެހި، ސިކުނޑިތާޒާ ކޮށްލަދޭނެކަމެކެވެ. ގިނަ ކުދިންގެ ސްކޫލް ހެނދުނު ނުވަތަ މެންދުރުފަހު ފެށޭނަމަވެސް ފަތިހުގެ ވަގުތުގައި މިފަދަ ކަސްރަތު ކޮށްލުމަކީ ކިޔެވުމަށް ލިބޭނެ ފައިދާއެކެވެ. އަދި މީގެ ސަބަބުން ކުއްޖާ ރަނގަޅަށް ނިދުމަށްވެސް އެހީތެރިވެދެއެވެ.

  1. ސިއްޙަތަށް ފައިދާހުރި ނާސްތާއެއް ކެއުން:

އުފެއްދުންތެރިކަން އިތުރުކޮށް ދުވަސް ރަނގަޅު ފެށުމަކުން ފަށަން ބޭނުން ނަމަ، ހަށިގަނޑަށް ފައިދާހުރި ކާނާ ހިމެނޭ ކާބޯތަކެތި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަ ދަރިވަރުންނަކީ ހެދުނުގެ ނާޝްތާ ދޫކޮށްލާ ދަރިވަރުން ނަމަވެސް އެއީ ދުވަހުގެ އެންމެ ބޭނުންތެރި ކެއުމެވެ. އެހެންކަމުން ސްކޫލަށް ދިއުމުގެ ކުރިން ހަށިގަނޑަށް ފައިދާ ހުރި ކެއުމެއް ކައިގެން ދިއުން މުހިންމެވެ.

  1. މުޅި ދުވަސް ރޭވުން:

އެ ދުވަހެއްގައި ފުރިހަމަ ކުރަން ބޭނުންވާ ހުރިހާ މަސައްކަތެއް ހެނދުނު ރާވައިލާށެވެ. މީގެ ތެރޭގައި ތައުލީމީ ކަންކަމާއި އަމިއްލަ ބޭނުންތައް ހިމެނިދާނެއެވެ. އަދި މި ލިސްޓުން ހާސިލްކުރަން މުހިންމު ކަންކަން ފާހަގަކޮށް އެކަންކަމަށް އިސްކަންދޭށެވެ. މިކަމުގެ ސަބަބުން ދަރިވަރުގެ ދުވަސް ވީހާވެސް ކާމިޔާބު އަދި އުފެއްދުންތެރި ދުވަސްތަކަކަށް ވެގެންދާނެއެވެ.

މީގެ އިތުރުންވެސް، ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނު އަޅުކަމުގައި ހޭދަކުރާ ދަރިވަރުންނަކީވެސް އުފެއްދުންތެރި ދަރިވަރުންނަށް ވާނެ ބައެކެވެ. ސަބަބަކީ އަޅުކަމަކީ އޭގެ ޒާތުގައި ކުއްޖާގެ ކަންކަމަށް ދޭ ސަމާލު ކަން (ކޮންސަންޓްރޭޝަން) އާއި ހަނދާން ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

އެގޮތުން ފަތިސްނަމާދުން ދުވަސް ފެށުމުން ކުއްޖާގެ ސިކުނޑި ތާޒާކޮށްދީ ހަށިގަނޑުގެ ކަންނެތްކަން ނެތިކޮށްދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-